Wednesday, 9 September 2026
Ads by

”ކުރު މުއްދަތެއްގެ ތެރޭގައި %99 ބިދޭސީންގެ މައުލޫމާތު އެއްކޮށް، 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކުރެވިއްޖެ“

”ކުރު މުއްދަތެއްގެ ތެރޭގައި %99 ބިދޭސީންގެ މައުލޫމާތު އެއްކޮށް، 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކުރެވިއްޖެ“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި ސަރުކާރު ހަވާލުވެ މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ރާއްޖޭގައި ދިރިއުޅޭ 99 އިންސައްތަ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކުރެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ”ނޭޝަން ޗެޓް“ ގެ ނަމުގައި ގެނެސްދޭ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.

މިކަމުގައި ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 12،193 މީހަކު މި ސަރުކާރުން މިހާތަނަށް ޑީޕޯޓުކޮށްފައިވާ ކަމަށާއި، ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޑީޕޯޓުކޮށްފައިވަނީ އެންމެ 2،600 ބިދޭސީން ކަމަށެވެ. އަދި އޭގެ ކުރީގެ ސަރުކާރުން އެއްވެސް ބިދޭސީއަކު ޑީޕޯޓުކޮށްފައިނުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

ހަމައެހެންމެ މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި 206،400 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށާއި، ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނެގުނީ އެންމެ 27،000 ބިދޭސީންގެ ބަޔޯމެޓްރިކްސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުން ބިދޭސީންގެ އެއްވެސް މައުލޫމާތެއް އެއްކޮށްފައިނުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

”މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި އިތުރު 206،400 މީހުންގެ ބައޯމެޓްރިކްސް ނަގައިފިން، މިހާރު ބާކީ ތިބީ އެއް ޕަސެންޓު ބިދޭސީންގެ ނުނަގައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އަތޮޅުތެރޭގެ ރަށްރަށުގައި 2،800 އަށްވުރެ ގިނަ ބިދޭސީން އަދިވެސް މައުލޫމާތު ނުނެގި އެބަތިއްބެވެ. އެ ބިދޭސީން ހޯދައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ޑީޕޯޓު ކޮށްލުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު