Saturday, 24 October 2026
Ads by

”އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރެއްނުކުރަން، ސިޔާސީ ޕާޓީތަކަށް އެއްވެސް ކަހަލަ ހުރަހެއް ވެސް ނެތް“

”އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރެއްނުކުރަން، ސިޔާސީ ޕާޓީތަކަށް އެއްވެސް ކަހަލަ ހުރަހެއް ވެސް ނެތް“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކުރީ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުގައި ސިޔާސީ އެއްވެސް ލީޑަރަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި، ސިޔާސީ ޕާޓީތައް ވެސް ކުރިއަށްވުރެ ބޮޑަށް މިނިވަންކަމާއެކު ހަރަކާތްތެރިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ލީޑަރުން ޖަލަށްލުމަކީ މީގެ ކުރީގެ ސަރުކާރުތަކުން އާންމުކަމަކަށް ހަދާފައިވާ ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން ދުވަހަކު ވެސް އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.

އެންމެ ބޮޑަށް ބޭނުންފުޅުވަނީ ބަދަލުހިފުމުގެ ރޫހު ނައްތާލައްވައި، ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރެއްވުމަށްކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މިއަދު، ކޮންމެ މީހަކަށް ވެސް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. މީގެކުރިން ސިޔާސީ މަސައްކަތް ކުރުމުގައި ބިރުވެރިކަން އޮތް ނަމަވެސް، މިހާރު އެފަދަ އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ކުރާ އެއްވެސް މަސައްކަތަކަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި، އެފަދަ ހަރަކާތްތައް ހިންގަންވާނީ ދީނުގެ ކަނޑައަޅުއްވާފައިވާ ހަމަތަކުގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވެސް އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށާއި ނަމަވެސް، ހިޔާލު ފާޅުކުރުމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމާއި، މީހުންގެ ހައްގުތަކަށް އަރައިގަތުން ފަދަ ދީނުގައި ނަހީކުރައްވާފައިވާ އަމަލުތައް ނުހިންގުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރަކީ ހަމައެކަނި ސަރުކާރު ޖަވާބުދާރީ ކުރުވުން ނޫން ކަމަށެވެ. ގައުމާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ސަރުކާރުން ކޮށްދޭ ކޮންމެ ކަމެއްގައި އިދިކޮޅު ޕާޓީތަކުން ވެސް ސަރުކާރަށް އެއްބާރުލުންދޭންޖެހޭ ކަމަށާއި ނަމަވެސް، ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ މަންޒަރު އެއްވެސް ގޮތަކަށް ނުފެންނަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި