Wednesday, 9 September 2026
Ads by

ޑަބްލިޔުޑީސީގެ ރައީސާއި މެންބަރުންގެ މުސާރައަށް މިވީގޮތް އެނގޭތަ؟

ޑަބްލިޔުޑީސީގެ ރައީސާއި މެންބަރުންގެ މުސާރައަށް މިވީގޮތް އެނގޭތަ؟

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މާލެ ސިޓީގެ މެންބަރުން---

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ މުސާރަ އިހުނަށްވުރެ އެތައް ގުނައެއް ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމުމާއިއެކު އާންމުން ރަތަށް އަރައިގެން އެވާހަކަތައް ދައްކަންފަށައިފިއެވެ.

Ad Image
Ads by

ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މީގެކުރިން ލިބެނީ މަހެއްގެ މައްޗަށް 7،000 ރުފިޔާއެވެ. އަދި ނައިބު ރައީސުންނަށް 6،500 ރުފިޔާ ލިބޭއިރު، މެންބަރުންނަށް ލިބެނީ 6،000 ރުފިިޔާއެވެ. ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހެއްގެ މައްޗަށް 6،000 ރުފިޔާ ލިބޭއިރު، ނައިބު ރައީސުންނަށް 5،500 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ލިބެއެވެ.

ނަމަވެސް މި ފަހުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާއި ނައިބު ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި ކަނޑައެޅުމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން މުސާރަތައް ރިވިއު ކުރުމަށްފަހު ޕޭ ކޮމިޝަނުން ވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހެއްގެ މައްޗަށް 41،500 ރުފިޔާ އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހެއްގެ މައްޗަށް 21،000 ރުފިޔާ ދިނުމަށެވެ.

މުސާރައިގެ އޮނިގަނޑަށް ބަލައިލާއިރު، ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 33،000 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 16،500 ރުފިޔާ އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 4،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް ބޮޑުކުރުމުގެ އިތުރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމައިފައެވެ. ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރައަށް 6،000 އަށް ބޮޑުކޮށްފައިވާއިރު، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންގެ މުސާރަ ބޮޑު ނުކުރި ނަމަވެސް، ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަަށް ޕޭ ކޮމިޝަނުން ވަނީ ނިންމައިފައެވެ. މުސާރައިގެ އޮނިގަނޑަށް އަލަށް ގެނެވުނު ބަދަލު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސްގެ އިތުރުން މެންބަރުންނަށް މިހާރު ވަނީ އަންގައިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ މުސާރައަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން މެންބަރުންނަކީ އެއްވެސް މަސައްކަތެއް ކުރަންޖެހޭ ބައެއް ނޫނެވެ. ނަމަވެސް އެފަދަ ފަރާތްތަކުން އެ ދައްކަނީ މުޅިއަކުން ތެދު ވާހަކައެއް ނޫނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިހުނަށްވުރެ ބޮޑަށް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި މުހިއްމު ބަދަލުތަކާއެކު، އެ ކޮމިޓީތަކުގައި މަސައްކަތް ކުރާ މެންބަރުންނަކީ ވެސް އޮފީހަށް ހާޒިރުވެގެން ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅައިފައެވެ. މީގެކުރިން އަންހެނުންގެ ކޮމިޓީތަކުގައި މަސައްކަތް ކުރާ މެންބަރުންނަކީ ހަމައެކަނި ޕާޓްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެކެވެ.

ހަމައެހެންމެ ކައުންސިލްތަކުގެ ރައީސްގެ މުސާރައަކީ 25،500 ކަމަށްވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް 21،000 ރުފިޔާއަކީ ކައުންސިލްތަކުގެ ރައީސުންގެ މުސާރައާއި ދާދި އެއްހަމަ މުސާރައެކެވެ. މީގެ އިތުރުން މިފަދަ މަގާމުތަކަށް ރަނގަޅު މުސާރައެއް ކަނޑައަޅާފައި މިވަނީ، ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން މިފަދަ މަގާމުތަކަށް ޝައުގުވެރިކަން އުފެއްދުމުގެ ބޭނުމުގައިކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި