ރަށުން އަލަށް ގޯތި ލިބޭ ފަރާތްތަކަށް ގެދޮރު ބިނާ ކުރަން ލުއިގޮތަކަށް ލޯނު ލިބޭނެ ގޮތް ހޯދުމުގެ މުހިންމުކަން މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލުގެ މެންބަރުން ފާހަގަކުރައްވައިފިއެވެ.

ފައިނު ކައުންސިލުން މިކަން ފާހަގަކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހު އެ ކައުންސިލާ އަދި ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރ. މީދޫ ކައުންސިލް އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި އަލަށް ގޯތި ލިބޭ ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް ލުއިގޮތެއްގައި ލޯނު ލިބޭނެގޮތެއް ހޯދުމުގެ މުހިންމުކަމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ޕިކްނިކު ގޮސް ހެދުމަށް ޚާއްޞަކޮށް ރަށެއް އޮތުމުގެ މުހިންމުކަން ހިމެނެއެވެ.
ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.