Ads by
ޚަބަރު
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް އިނާމާއި, ހާފިޡުންނަށް ހާއްސަ މެޑަލް ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި، ކީރިތި ގުރުއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް ދެއްވައިފިއެވެ.

Ads by Eki Online

ރައީސުލް ޖުމްހޫރިއްޔާ މއިބްރާހިމް މުހައްމަދު ޞާލިހް މި އިނާމުތައް ދެއްވާފައިވަނީ 58 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު، މި އަހަރު 18 ބޭފުޅަކަށް ލިބިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. އަދި، ބައިނަލްއަޤްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކޮށްފައިވަނީ ދެ ކުދިންނެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރީ އެންމެ ފަރާތަކުންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ ހަނދާނީ ފިލައެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 28 ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ. މިއަދުގެ ޖަލްސާގައި އެ ބޭފުޅުންނަށް ވެސް އިނާމު ހަވާލުކުރެއްވި އެވެ.

ގައުމީ އިނާމު އެރުވި ބޭފުޅުންނާއި ކުންފުނި

• އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، އަހުމަދު ފަހުމީ ދީދީ، ގ. ސިނަމާލެ 1 13-01.

• ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ.

• ދަތުރުފަތުރުގެ ދާއިރާއިން، އަހުމަދު ޒުބައިރު، މ. މޯނިންގވިލެޖް.

• ކުޅިވަރުގެ ދާއިރާއިން، މައިޒާން އަލީ މަނިކު، ހ. އިސްދޫ.

• ފަތުރުވެރިކަމުގެ ދާއިރާއިން، ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް.

• ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހީން ބިނާކުރުމަށާއި ދިވެހީން ޝައުގުވެރިކުރުވުމަށް މަސައްކަތްކުރުމުގެ ރޮނގުން، ހަސަން ސައީދު، މާދަޑު، އެއްގަމިގެ، ފުވައްމުލައް.

ގައުމީ އިނާމަކީ ގައުމާއި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތްކުރާ މީހުންނާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި ވިޔަފާރިތަކުން ކުރާ މަސައްކަތް އަގުވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އިނާމެކެވެ.

މިއަދު ޖަލްސާގައި ވަނީ ދައުލަތުގެ ގިނަ މަގާމުތަކެއް ދިގު މުއްދަތަކަށް ފުރުއްވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ވެސް އަރުއްވައިފަ އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *