ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޅ. ހިންނަވަރުގައި ތަރައްގީކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްތައް މެކުހަށް ޖަހާލައިފިއެވެ.
މި މަސައްކަތުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން އާރްޑީސީން ބުނެފައިވަނީ، ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން މި ވަގުތު ކުރިއަށްދަނީ ވޯކްވޭ ސްކްރީޑާއި ފާރުގައި ކުލަލުމުގެ މަސައްކަތުގެ އިތުރުން ފެންސު ޖެހުމާއި ދުވާރު ހެދުމުގެ އެންމެފަހުގެ މަސައްކަތްތައް ކަމަށެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޅ. ހިންނަވަރުގައި ޤާއިމުކުރާ ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ކުރިއަށްދަނީ ވޯކްވޭ ސްކްރީޑް އާއި ފާރުގައި ކުލަލުމުގެ އިތުރުން ފެންސު ޖެހުމާއި ދުވާރުގެ އެންމެ ފަހުގެ މަސައްކަތް.#TeamRDC pic.twitter.com/nDH6eeBuqX
— Road Development Corporation Ltd (@rdcmaldives) May 20, 2026
މިއީ އެކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ރަށްރަށުގެ މަގުތައް ތަރައްގީކުރުމާއި، ކަސްރަތުކުރުމަށް ބޭނުންވާ އައުޓް ޑޯރ ޖިމްތައް ތަރައްގީކުރުމުގެ އިތުރުން ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.













