Wednesday, 9 September 2026
Ads by

އަޅުގަނޑުގެ އެންމެ ބޮޑު ފަޚުރަކަށް ވާނީ ނާއުންމީދުގެ ތެރެއިން އުންމީދަށްވެ، ޙަޤީޤަތަކަށް ހަދައިދިނުން: ރައީސް

އަޅުގަނޑުގެ އެންމެ ބޮޑު ފަޚުރަކަށް ވާނީ ނާއުންމީދުގެ ތެރެއިން އުންމީދަށްވެ، ޙަޤީޤަތަކަށް ހަދައިދިނުން: ރައީސް

އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް

އެމަނިކުފާނުގެ އެންމެ ބޮޑު ފަޚުރަކަށް ވާނީ ނާއުންމީދުގެ ތެރެއިން އުންމީދަށްވެ، ޙަޤީޤަތަކަށް ހަދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިއަދު މެންދުރުފަހު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި ވެވަޑައިގެންނެވި ވަޢުދުތައް ހަނދުމަ އެބަހުރި ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ނުވެފައި ހުރި ހުރިހާ ކަމެއްގައި ދާއިމީ ގޮތެއްގައި ޙަޤީޤީ ސިފަ ޖައްސައިދީ، ރަނގަޅު ގޮތުގައި ތަރައްޤީ ގެނެސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަލިފުށި ސްކޫލުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަލިފުށި ތަރައްޤީ ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ރަށުގެ ފަތުރުވެރިކަމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ބޭނުންފުޅު ވަނީ ނަތީޖާ ނެރެދޭން ކަމަށް ވިދާޅުވެ ރައީސް ވަނީ މި ސަރުކާރު ހަވާލުވާތާ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އިއްޔެ ތަޢާރަފުކުރި އެއަރ އެމްބިއުލާންސް އާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައި، ރައީސް ވިދާޅުވެފައި ވަނީ ދިވެހިންނަށް އަމިއްލައަށް މި ޚިދުމަތް ދެވޭނެ ގޮތް މިކަމުގެ ސަބަބުން ހަމަޖެހިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މި ސަރުކާރުން ދެން ހުރި ކަންކަމުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތް ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”ރެޔާއި ދުވާލު އަޅުގަނޑުގެ ފޯކަސް މިހިރީ ރައްޔިތުންނަށް ކުރަން ހުރި ކަންކަން ކުރުމުގައި. އަޅުގަނޑުމެންގެ ޓީމު، ކެބިނެޓް މިނިސްޓަރުން، ކުންފުނިތަކުގެ އެމްޑީން، އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން، މި ހުރިހާ ބޭފުޅުން އަދި ރަށްރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން. މި ޓީމު މި މަސައްކަތް މި ކުރަނީ މި ރޫޙުގައި ރެޔާއި ދުވާލު. އެހެންވީމާ މި މަސައްކަތުގެ ނަތީޖާ ނެރެދެވޭނީ، ނަތީޖާ ނެރުމަށްޓަކައި ދެން ދޭން އޮތް އެއްބާރުލުންވެސް ރައްޔިތުންގެ ކިބައިން ލިބިގެން. އެހެނެއް ނޫން، ރެޔާއި ދުވާލު އަޅުގަނޑުމެންނާ ދެކޮޅުހަދައި، ކަންކަމުގައި އެހެނިހެން ގޮތްގޮތުން ހުރަސްއަޅައި، އެކިކަހަލަ ހުރަސްތައް ކުރިމަތިކުރަންޏާ، ހަމަ ކޮންމެ ގޮތެއް ވިޔަސް ދަތިވާނެ މަސައްކަތްތަކަށް. ލަސްވާނެ. އެހެންވީމާ އެކަން ހަމަ ފާހަގަކޮށްލަން ބޭނުން ވަނީ. އަޅުގަނޑު ބޭނުން، ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކޮށް ނިންމަން،“ – ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފަށާފައި ހުރި މަޝްރޫޢުތައް ނިންމުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރަށް ފާސްކޮށްފައި ހުރީ ގިނަ މަޝްރޫޢުތައް ނިންމޭ ވަރަށް ވުރެ މާ ކުޑަ ބަޖެޓެއް ދީގެން ކަމުގައެވެ. އެހެންނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެންވެސް ރަށްރަށުގެ ތަރައްޤީއަށް ފަށާފައި ހުރި މަޝްރޫޢުތައް ނިންމަވައި އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެފައިވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އަލިފުއްޓަކީ، ރައީސް މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ފުރަތަމަ މަންޒިލެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާއި ދެ އަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި