Sunday, 26 July 2026
Ads by

ނާޒިމް ވަކިކުރުމުގެ ބަހުސްގައި ޖަވާބުދާރީވާން 10 މިނެޓް!

ނާޒިމް ވަކިކުރުމުގެ ބަހުސްގައި ޖަވާބުދާރީވާން 10 މިނެޓް!

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް ނާޒިމް...

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އެ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގެ ބަހުސްގައި، އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

Ad Image
Ads by

މިއަދު ބޭއްވި އާންމު ކޮމިޓީގެ 5 ވަނަ ބައްދަލުވުމުގައި، މި ޤަރާރުގެ ބަހުސް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލުތައް ވަނީ ކަނޑައަޅާފައެވެ. ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު އަލީ ތާއީދުކުރެއްވި މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވި 7 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ތާއީދާއެކުގައެވެ.

ކޮމިޓީން ނިންމި ގޮތުގައި، ނާޒިމް ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ޖުމްލަ އެއް ގަޑިއިރުގެ ވަގުތެއް ދެވޭނެއެވެ. ބަހުސްގެ ވަގުތުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ވަގުތު ބަހާލާއިރު، ކޮންމެ މެންބަރަކަށް ވާހަކަ ދެއްކުމަށް ލިބޭނީ 3 މިނެޓުގެ އެއް ފުރުސަތެވެ. މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމަށް ޖަވާބުދާރީވުމަށް 10 މިނެޓުގެ ވަގުތު ދިނުމަށް ނިންމާފައިވަނީ ބަހުސް ފެށުމުގެ ކުރިންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޒިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މަޖިލީހުގެ އިދާރާއިން ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މައްސަލައެކެވެ.

މަޖިލީހުގެ ޤަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅުމަށްފަހު، އެ ޤަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ އެހެން އެއްވެސް ކަމަކާ ގުޅޭގޮތުން ބަހުސްކުރެވިގެން ނުވާނެއެވެ. އަދި މިފަދަ ބަހުސެއް ހިނގާ ޖަލްސާގައި އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ޙައްޤު ނާޠިމަށް ލިބިވަޑައިގަންނަވާނެ ނަމަވެސް، އެ މައްސަލައިގައި ނަގާ ވޯޓުގައި އޭނާއަށް ބައިވެރިވެވަޑައެއް ނުގަނެވޭނެއެވެ.

މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ޤަރާރު ފާސްވުމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި