ޢަބްދުﷲ ޖަލީލް އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތްކުރެއްވި ހއ. ތުރާކުނު / ނޫރަންވިލާ، ޢަބްދުﷲ ޖަލީލް އަވަހާރަވުމުގެ ހިތާމައިގައި މަރްހޫމްގެ އާއިލާއަށާއި ތުރާކުނުގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ޢަބްދުﷲ ޖަލީލަށް މާތްﷲ ގެ ތަނަވަސް ރަހްމަތުގައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ދަންނަވައިފައެވެ.
ޢަބްދުﷲ ޖަލީލަކީ 46 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން ތުރާކުނުގެ ކުޑަކަތީބުކަމާއި ކަތީބުކަން ވެސް އޭނާ ވަނީ ދިގު މުއްދަތަކަށް ކުރައްވައިފައެވެ.













