Sunday, 26 July 2026
Ads by

އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލަން ނިންމުމުން ރައީސްގެ ޝުކުރު

އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލަން ނިންމުމުން ރައީސްގެ ޝުކުރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހިރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުންދާ ޓެރިފް ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

Ad Image
Ads by

އިނގިރޭސި ވިލާތުގެ މި ނިންމުމަށް ރައީސް މުޢިއްޒު މަރުހަބާ ވިދާޅުވީ، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހުގެ ބާވަތްތަކުން ޓެރިފް ކަނޑާލަން ނިންމައިފައިވާކަން ހާމަކުރައްވައި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ނިކް ލޯ މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓަކަށް ރިޕްލައިކުރައްވަމުންނެވެ.

އިނގިރޭސި ހައި ކޮމިޝަނަރުގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް މަހުގެ ބާވަތްތައް ލިބުމުގެ މަގު ފަހިވާނެއެވެ. އަދި ހަމައެހެންމެ، މިކަމުގެ ސަބަބުން ދޮށީގެ މަސްވެރިކަމުގެ އުފެއްދުންތަކަށް އެ ގައުމުގެ މާކެޓުގައި އޮތް ފުރުސަތުތައް އިތުރަށް ފުޅާވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާގެ އެ ޕޯސްޓަށް ރިޕްލައިދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ބައިނަލްއަގުވާމީ މައިދާނުގައި ވެސް މަސްވެރިންނަށް ލިބެންޖެހޭ ހައްގު އުޖޫރައާއި އިހުތިރާމް ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ބަލައިގަންނަ، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރާ ގައުމެއް ކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެމެހެއްޓެނިވި ވިޔަފާރިއަށް ދެ ގައުމުން ވެސް ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި