Sunday, 27 September 2026
Ads by

ޣައްޒާއިން 75,000، ލުބުނާނުން 3,0000 އަށް ވުރެ ގިނަ މީހުން ޤަތުލުކޮށްލައިފި، އިންސާނީ ޙައްޤުތަކާއި އ.ދ. ކޮބައި؟

ޣައްޒާއިން 75,000، ލުބުނާނުން 3,0000 އަށް ވުރެ ގިނަ މީހުން ޤަތުލުކޮށްލައިފި، އިންސާނީ ޙައްޤުތަކާއި އ.ދ. ކޮބައި؟

އަނިޔާވެރި ޔަހޫދީ އިސްތިއުމާރުން ޣައްޒާ އާއި ލުބުނާނުގައި ކެނޑިނޭޅި ޤަތުލުއާންމުތައް ހިންގަމުންދާއިރު އެކަން ނުހުއްޓުވި އޮތުމުން ހާމަވާ ބޮޑު މަންޒަރާ މެދު ވިސްނާލުން މުހިންމެވެ. ދުނިޔޭގެ ބެލެނިވެރިކަމަށް ދަޢުވާކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޙައްޤުތަކާމެދު ދަރުސްދޭ ޤައުމުތަކުގެ އަސްލު ބޭނުމަކީ/މަޤްޞަދަކީ ކޮބައި؟ (އެކިއެމްވީ ފޮޓޯ ކޮލާޖު)

ޣައްޒާ / ބެއިރޫތު – މިއީ ހިތްފަޅައިގެންދާފަދަ ޢަދަދުތަކެކެވެ. އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 75،000 އިން މައްޗަށް ގޮސްފައެވެ. ހަމައެއާއެކު، ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 3،000 ފަހަނައަޅާފައެވެ.

Ad Image
Ads by

މިއީ ހަމައެކަނި ހިސާބު އަކުރުތަކެއް ނޫނެވެ؛ މިއީ އެންމެ ދެއަހަރު ތެރޭ ދުނިޔޭގެ ކުރިމަތީގައި ނެތިކޮށްލި 78،000 އިންސާނުންގެ ފުރާނައެވެ. ނަމަވެސް، މެދުއިރުމަތި ލެއިން ތަތްތެޅެމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޢަމަލުތަކުން ހާމަވަނީ ވަރަށް ބިރުވެރި ޙަޤީޤަތެކެވެ: އެއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިންސާނިއްޔަތު ޙިމާޔަތްކުރަން ހެދި ދުނިޔޭގެ ނިޒާމު މަރުވެއްޖެކަމެވެ.

ވެންޓިލޭޓަރުގައި އޮތް އދ.

އދ. (ޔޫ.އެން) އަކީ އަންނަން އޮތް ޖީލުތައް ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްކުރަން އުފެއްދި މުއައްސަސާއެކެވެ. ނަމަވެސް މިއަދު އދ. އޮތީ ވެންޓިލޭޓަރަށް ލައިފައެވެ. އެ މުއައްސަސާގެ ސިކުނޑި ވަނީ މަރުވެފައެވެ. ޤަތުލުއާންމަށް ފަންޑުކުރާ ބޮޑެތި ބާރުތަކުގެ ވީޓޯގެ ސަބަބުން އދ. އޮތީ އެއްކޮށް ވާގިނެތިފައެވެ. މިއަދު އދ. ވެފައިވަނީ ހަމައެކަނި މަރުވާ މީހުން ގުނަން ތިބޭ، އަދި އެއްވެސް ބާރެއްނެތް ޤަރާރުތަކެއް ފާސްކުރާ އިދާރާއަކަށެވެ. މުޅި ދުނިޔެއަށް ފެންނަގޮތަށް ޓީވީތަކުން ލައިވްކޮށް ހިންގާ ޤަތުލުއާންމެއް ހުއްޓުވުމުގެ ބާރު ނެތްނަމަ، އދ. ގެ ބޭނުމަކީ ކޮބައިތޯއެވެ؟

ޑިމޮކްރަސީ އާއި ޙައްޤުތަކުގެ ”ޗެމްޕިއަނުން“ ގެ ދެފުށްކެހެރިކަން

އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ދަޢުވާކުރާ ޤައުމުތައް ކޮބައިތޯއެވެ؟ އެމެރިކާއާއި އިނގިރޭސިވިލާތާއި ހުޅަނގުގެ ބާރުތަކުން އަބަދުވެސް އުޅެނީ އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، އަދި މިހެންގޮސް ޖަނަވާރުންނާއި ތިމާވެށްޓަށް ދާންދެން ޙައްޤުތަކުގެ ނަމުގައި ކުދި ޤައުމުތަކަށް ފިލާވަޅު ނަގައިދޭށެވެ.

ނަމަވެސް، ޤަތުލުއާންމު ހިންގަނީ އެމީހުންގެ މަސްލަޙަތު އޮންނަ ބަޔަކު ކަމަށް ވާނަމަ، މި ދެންނެވި އިންސާނީ ޙައްޤުތައް ކުއްލިއަކަށް ގެއްލެއެވެ. 78،000 މީހުންގެ ހަށިގަނޑުތައް އިމާރާތްތަކުގެ ދަށުން ނެރެމުންދާއިރު، ހުޅަނގުގެ ބާރުތަކުން ތިބީ ހަމައެކަނި ހަނުއެއް ނޫނެވެ؛ ޣައްޒާއާއި ބެއިރޫތު ސުންނާފަތި ކުރަމުންދާ 2،000 ރާތަލުގެ ބޮންތަކާއި، ހަތިޔާރާއި، ޑިޕްލޮމެޓިކް ޙިމާޔަތް އިޒްރޭލަށް ފޯރުކޮށްދެނީ ސީދާ އެ ޤައުމުތަކުންނެވެ. އިންސާނީ ޙައްޤުތަކަކީ ހުޅަނގުން ހަމައެކަނި އެމީހުންގެ ސިޔާސީ ބޭނުމަށް ގެންގުޅޭ ހަތިޔާރެއްކަން މިއަދު މުޅި ދުނިޔެއަށް ސާފުވެއްޖެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-09-26T083407
ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ދައުވާތަކުގައި ޓިކްޓޮކުން އެމެރިކާގެ އެލަބާމާއާއެކު ސުލްހައިގެ ފުރަތަމަ އެއްބަސްވުން ގާއިމުކޮށްފި
DSC_8864
ދަރަނި އަދާކޮށް، އަސާސީ ހިދުމަތްތައް ގާއިމުކުރުމުން އިންވެސްޓަރުންގެ އިތުބާރު ލިބޭ: ރައީސް މުޢިއްޒު
marine tech ukulhas
މެރިން ޓެކް ޓްރެއިނިންގް ޕްރޮގްރާމް އއ. އުކުޅަހުގައި ފަށައިފި
download - 2026-09-26T115209
ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރަން އެމްޓީސީސީއަށް ބޮޑު އާ ޑްރެޖަރެއް ގެންނަނީ
Ads by
މަގުބޫލު
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި
male city councli meeting
ކައުންސިލަރު ސަމާޙުގެ މައިކު ގަސްތުގައި ކަނޑާލި މައްސަލައިގައި ޣާލިބު ސަސްޕެންޑް ކުރެވިދާނެ
20260921_155109
އޫރުމަސް ކާން އިންކާރުކުރުމުން ކާންނުދީ ބަނޑައްޖެހިގެން 14 އަހަރުގެ މުސްލިމް އަންހެން ކުއްޖަކު ނޯވޭ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވެއްޖެ
Screenshot 2026-09-21 021034
ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެ
adk
ރޭ ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި ހާލުސީރިޔަސްވި އަންހެންމީހާ އޮތީ ވެންޓިލޭޓަރުގައި