Wednesday, 9 September 2026
Ads by

ބޭސް ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ އައިޖީއެމްއެޗްގައި

ބޭސް ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ އައިޖީއެމްއެޗްގައި

ބޭސް ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕީއެސްއެމް

ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ސަރުކާރުގެ ބޭސް ކުންފުނި (ސްޓޭޓް ފާމަސޫޓިކަލް) ގެ ފުރަތަމަ ބޭސް ފިހާރަ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މިއަދު ހުޅުވައިފިއެވެ.

Ad Image
Ads by

ސަރުކާރުގެ ބޭސް ކުންފުނީގެ ފުރަތަމަ ބޭސް ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ހަލީމާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު މާހިރެވެ.

24 ގަޑިއިރު ހިދުމަތްދޭ މި ބޭސް ފިހާރަ މެދުވެރިކޮށް ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައިދިނުމުގެ އިންތިޒާމުތައް ވަނީ ގާއިމްކޮށްފައެވެ. މީގެއިތުރުން، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލަތްތައް ފޯރުކޮށްދިނުމުގެ ތައްޔާރީތައް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ސްޓޭޓް ފާމަސޫޓިކަލްއިން އަންނަނީ އެސްޓީއޯގެ ދަށުން ހިންގާ ހުރިހާ ފާމަސީތަކެއް އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އަންނަ ޖުލައި މަހަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން ސަރުކާރުގެ ހުރިހާ ފާމަސީއެއްގެ ސްޓޮކް ބެލޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

މި ބޭސް ފިހާރާގައި މަސައްކަތް ކުރާނެ ފާމަސިސްޓުންނާއި ފާމަސިސްޓުންގެ އެސިސްޓެންޓުން ހޯދުމަށް ވެސް ސްޓޭޓް ފާމަސޫޓިކަލްއިން ވަނީ އިއުލާންކޮށްފައެވެ.

ބޭސް ލިބުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެންނަން ސަރުކާރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް ނަމުގައި ކުންފުންޏެއް އުފެއްދީ މިދިޔަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި