Sunday, 26 July 2026
Ads by

އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫނުގައި ބުނާ މުއްދަތަށް އާ މަޖިލިސް ނުހޮވިދާނެތީ: ފުއާދު

އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫނުގައި ބުނާ މުއްދަތަށް އާ މަޖިލިސް ނުހޮވިދާނެތީ: ފުއާދު

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު: ވިދާޅުވީ އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫނުގައި ބުނާ މުއްދަތަށް އާ މަޖިލިސް ނުހޮވިދާނެތީ ކަމަށް - ފޮޓޯ:އީސީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމެވީ އިންތިޚާބު ލަސްކޮށްފި ނަމަ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އާ މަޖިލިސް ނުހޮވިދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފަ އާ ގުޅިގެން، އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ އިޞްލާޙުގައިވާ ގޮތުން ރަމަޟާން މަހުގެ ތެރޭގައި އެއްވެސް އިންތިޚާބެއް ނުބޭއްވޭނެއެވެ. އެހެންކަމުން އީސީން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމި އިންތިޚާބު އެޕްރީލު މަހުގެ 21 ވާ އާދިއްތަ ދުވަހަށް ފަސްކޮށްފައެވެ.

މީގެ ކުރިން އިންތިޚާބުތައް ބާއްވަމުން އައިސްފައި ވަނީ ހޮނިހިރު ދުވަހު ކަމަށް ވީނަމަވެސް މި ފަހަރު އާދިއްތަ ދުވަހު ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމި ސަބަބާ ގުޅޭގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފުއާދު ވިދާޅުވެފައި ވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހަކީ ރޯދަ މަސް ނިމި، 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށެވެ. އެ ދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ އެ ދުވަހަށް ވުރެ އިތުރަށް ލަސްކޮށްފި ނަމަ ޤާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީން ބުނެފައި ވަނީ ވޯޓުލާ ތާރީޚަށް ގެނައި ބަދަލާ އެކު މަޖިލިސް އިންތިޚާބުގައި 560 މީހުންނަށް އަލަށް ވޯޓުލުމުގެ ޙައްޤު ލިބޭނެ ކަމަށެވެ. އެ އާއެކު އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ އަދަދު 284،887 އަށް ވަނީ އިތުރުވެފައެވެ. އިންތިޚާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީ ކުރުމުގެ ދެވަނަ ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އީސީން ނިންމާފައި ވަނީ 21 އެޕްރީލްގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 އަށެވެ. ވޯޓު ގުނަން ފެށުމަށް ނިންމާފައި ވަނީ އެ ދުވަހުގެ ހަވީރު 04:30 ގައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި