Wednesday, 9 September 2026
Ads by

މިފްކޯއަށް ދެމުން އައި ސަބްސިޑީ ހުއްޓާލައިފި، ދެން ކުންފުނި ހިންގާނީ އަމިއްލައަށް

މިފްކޯއަށް ދެމުން އައި ސަބްސިޑީ ހުއްޓާލައިފި، ދެން ކުންފުނި ހިންގާނީ އަމިއްލައަށް

މިފްކޯ މަސްފިހާރަ---

ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން މިފްކޯއަށް ދެމުން އައި ސަބްސިޑީ ހުއްޓާލައި ކުންފުނި ހިންގަން އަމިއްލައަށް ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ad Image
Ads by

މިނިސްޓަރު ޝިޔާމް މި މޭރުމުން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ބުރަބޮޑުވާގޮތަށް މިފްކާ ހިންގުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މި އުސޫލު ބަދަލުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދެން ސަބްސިޑީ ދެމުން ގެންދާނީ ހަމައެކަނި މަސްވެރިންނަށް ވިއްކާ ތެލަށް އެކަނި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެހެން ކުންފުނިތަކެކޭ އެއްގޮތަށް މިފްކޯއިން ވެސް އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ގަންނަނީ އާއްމު ރޭޓުގައި ކަމަށެވެ. އަދި ހަމައެހެންމެ، ކުންފުނީގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މިފްކޯ ދައުލަތަށް ބަރޯސާވާ މިންވަރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މަސް ގަތުމަށް ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ މަގުން ފިނޭންސް މިނިސްޓްރީން އައީ މިފްކޯއަށް ސަބްސިޑީ ދެމުންނެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާނަމަ 1.1 ބިލިއަން ރުފިޔާއެވެ.

ސަރުކާރުގެ ކުންފުނިތަކަށް ގެންނަންޖެހޭ މިފަދަ މުހިއްމު ބަދަލުތައް ގެނައުމުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެއްކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި