ސޫދާނުގެ ހުޅަނގު ކުރްދުފާން ސަރަހައްދުގެ ރެޕިޑް ސަޕޯޓް މިލީޝާގެ ބާރުގެ ދަށުގައިވާ ޤުބައިޝް ރަށުގެ އާއްމުން ގިނައިން ޒިޔާރަތްކުރާ މާރުކޭޓަކަށް މިއަދު ދިން ޑްރޯން ހަމަލާއެއްގައި ވަނީ 28 މީހުން މަރުވެ، 23 މީހުން ޒަޚަމްވެފައެވެ.
ސޫދާނު އަސްކަރިއްޔާގެ ތަރުޖަމާނަކު ނޫސްތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެޤައުމުގެ ލަޝްކަރުން ހަމައެކަނި ހަމަލާދެނީ އުޅަނދުތަކާއި ހަތިޔާރު ރައްކާކުރާ ގުދަން ފަދަ ”އަސްކަރީ އަމާޒު“ ތަކަށެވެ.
ދެފަރާތުންވެސް މީގެ ކުރިން އާއްމުންނަށް ބެލުމެއްނެތި މިފަދަ ހަމަލާތައް ދީ، ފަހުން އެކަން ދޮގުކުރި ނަމަވެސް، 2023 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ކުރިއަށްދާ މި ކުރިމަތިލުންތަކުގެ ދެމެދުގައި ތާށިވެ ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވަނީ އާއްމުންނެވެ.












