Wednesday, 9 September 2026
Ads by

ގަންޖާ ހުއްދަކުރަން ވަކާލާތުކުރާ ”ޑެތު“ މިނިވަންވުމުން އޭނާގެ ހިތްވަރަށް އަންނި ތަޢުރީފުކޮށްފި

ގަންޖާ ހުއްދަކުރަން ވަކާލާތުކުރާ ”ޑެތު“ މިނިވަންވުމުން އޭނާގެ ހިތްވަރަށް އަންނި ތަޢުރީފުކޮށްފި

އަލީ ޖުމާން (ޑެތު) މިއަދު ޝާއިޢުކޮށްފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

އަލީ ޖުމާން، އާއްމު ނަމުން ނަމަ ”ޑެތު“، ސޯޝަލް މީޑިއާ މަންސައެއް ކަމަށްވާ ޓުވިޓާގައި މިއަދު ޝާއިޢުކޮށްފައިވާ ވީޑިއޯ އަކުން ހާމަވާ ގޮތުގައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރާ ކުރީގެ ރައީސް ނަޝީދު ވަނީ އޭނާ ޖަލުން މިނިވަންވުމުން މަރުހަބާކިޔާ، އޭނާގެ ހިތްވަރަށް ތަޢުރީފުކޮށްފައެވެ.

Ad Image
Ads by

”އޭ ވަރަށް ގަދަ އިނގޭތޯ ތި ކުރައްވާ ހިތްވަރު. އަނެއްކާ އަލުން އަނބުރާ ތިހިރީ ،“ އަލީ ޖުމާން ޝާޢިއިކޮށްފައިވާ ވީޑިއޯގައި ކުރީގެ ރައީސް ނަޝީދު އޭނާ މިނިވަން ވުމާ ގުޅޭގޮތުން ދިން ހިތްވަރުގެ ބަސްކޮޅެއް ފަދަ ގޮތަކަށް ދޭހަވާނެހެން ބުނެފައި ވެއެވެ.

އަލީ ޖުމާން އާއްމުންގެ ސަމާލުކަމަށް އައިސްފައިވަނީ އެމްޑީޕީގެ ހަރުގޭގައި އޮތް ޖަލްސާއެއްގައި ނިމިދިޔަ އަހަރު މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭފަދަ ގޮތަކަށް ހުރެ ވާހަކަ ދެއްކި ވީޑިއޯއެއް ވައިރަލް ވުމުންނެވެ. ”ޝިޔާމްބޭ ދީބެ ތިތަނުން ދަޅެއް، މިގޮލާ ނުދިނޭ،“ ބުނާ އެ ވީޑިއޯއަށް އާއްމުންގެ ސަމާލުކަން ލިބި، ގިނަބައެއްގެ ފާޑުކިޔުން އެދުވަސްވަރުގައި އަމާޒުވިއެވެ.

އަލީ ޖުމާން ކޮށްފައިވާ ޓުވިޓާ ޕޯސްޓެއް

އަލީ ޖުމާން ”ޑެތު“ ގެ ޓުވިޓާ އެކައުންޓުގައި ޝާއިޢުކޮށްފައިވާ ކުރީގެ ޕޯސްޓަކުން ދޭހަވާ ގޮތުގައި އޭނާ އަކީ ރާއްޖޭގައި ގަންޖާ ހުއްދަކުރުމަށް ވަކާލާތުކުރާ މީހެކެވެ. އަދި ޤައުމު ”ޑާކުވާތީ“ ޕޮލިހުން ”ވަގަށް ނެގި ވީޑު“ ތައް އަނބުރާ ދިނުމަށްވެސް އޭނާ ގޮވާލާފައިވެއެވެ. މީގެ އިތުރުން ރައީސް ނަޝީދު ފާހަގަކޮށްލެވެނީވެސް ރާއްޖޭގައި ގަންޖާ ”ބޯންވާނެ ބޮވެންޖެހޭނެ“ ކަމަށް ބުނެފައިވާ މީހެއްގެ ގޮތުގައެވެ.

މިމަހުގެ 13 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި އަލީ ޖުމާން ދޫކޮށްލުމުން އޭނާ މިއަދު ޝާއިޢުކުރި މިވީޑިއޯގައި ރައީޝް ނަޝީދަށް ރައްދުގައި ބުނި އެއްޗެއްގެ އަޑު ސާފުނުވި ނަމަވެސް އޭނާ ކޮށްފައިވާ ވީޑިއޯއާއި ކެޕްޝަނުން ފެންނަ ގޮތުގައި އޭނާ ވަނީ އަތް ފޮޅާލައި ރައީސް ނަޝީދާ ދިމާލަށް އައުގުރާނަ ގޮވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި