Wednesday, 9 September 2026
Ads by

މުޙައްމަދު އިސްމާއިލްގެ ރައްދު ނަޝީދަށް: ”ތަނެއްގައި ބާރަށް ހިފަހައްޓައިގެން ހުންނަވާ“

މުޙައްމަދު އިސްމާއިލްގެ ރައްދު ނަޝީދަށް: ”ތަނެއްގައި ބާރަށް ހިފަހައްޓައިގެން ހުންނަވާ“

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިގެން ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މުހައްމަދު އިސްމާއިލް ވިދާޅުވީ، ސިޔާސީ ބޭނުމަކަށް ވިޔަސް ދައްކަވަންވާނީ ބުރަދަން ހުރި، އަދި ކުރެވޭނެ ވަރުގެ ކަންކަމުގެ ވާހަކަ ކަމަށެވެ.

”ތިއަށްވުރެ މާ މަޝްހޫރުވާނެ މަނިކުފާނު ޅަކުއްޖަކާ ކައިވެނިފުޅު ބައްލަވައިގަންނަވަން އުޅޭކަމަށް ޖަލްސާއެއްގައި ވިދާޅުވިނަމަ. އޭރުން މާ އަވަހަށް ނޫސްތަކުން ޚަބަރު ހަދާނެ،“ މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި މުޙައްމަދު ވިދާޅުވީ ”ބާރަށް ތަނެއްގައި ހިފަހައްޓާލައިގެން“ ހުންނެވުމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ރައްޔިތުންގެ ރައީސަކު ވެރިކަން ކުރައްވަމުންދާ ސަރުކާރެކެވެ. އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އެދޭ މަގުން މަސައްކަތްކުރާ މަޖިލީހެއް ކަމަށާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީ އަށް ކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުންގެ އިތުބާރާއެކު ކަމަށާއި، ވެރިކަން ވައްޓާލުމުގެ ވާހަކަ ނަޝީދު އެ މޭރުމުން ދެއްކެވުމަކީ ބުރަދަނެއް ހުރި ކަމެއް ނޫން ކަމަށްވެސް މުހައްމަދު އިސްމާއިލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި