Wednesday, 9 September 2026
Ads by

މާލޭގެ ”ވެޓް މާކެޓް“ މަޝްރޫޢަށް ބޭނުންވާ ބިން ކައުންސިލުން ހަވާލުނުކުރުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވެއްޖެ

މާލޭގެ ”ވެޓް މާކެޓް“ މަޝްރޫޢަށް ބޭނުންވާ ބިން ކައުންސިލުން ހަވާލުނުކުރުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވެއްޖެ

މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”މާލެ ވެޓް މާކެޓް ކޮމްޕްލެކްސް“ މަޝްރޫޢަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކުރުމުގެ ސަބަބުން، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

Ad Image
Ads by

މި މަޝްރޫޢާ ގުޅޭގޮތުން އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 116.9 މިލިއަން ރުފިޔާގެ މި ބޮޑު މަޝްރޫޢު 15 މާރިޗު 2026 ގައި ވަނީ ޓްރަސްޖެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފައިސާގެ ކަންކަމާއި އިދާރީ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ.

ޒަމާނީ ފެންވަރަށް ފަރުމާކުރެވިފައިވާ މި ކޮމްޕްލެކްސްގައި ހަ ފަންގިފިލާ ހިމެނޭއިރު، ގާތްގަނޑަކަށް 85,000 އަކަފޫޓުގެ ޖާގަ ލިބިގެންދާނެއެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންގް އަށް ޚާއްޞަކުރެވިފައިވާއިރު، ގްރައުންޑް ފްލޯގައި މަސް މާރުކޭޓެއް، އަދި ފުރަތަމަ ތިން ފަންގިފިލާގައި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އަދި ތަރުކާރީ މާރުކޭޓު ހިމެނެއެވެ. މީގެ އިތުރުން ޓެރަސްގައި ފުޑް ކޯޓެއް ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ބިން ހަވާލުކުރުމަށް އެދި މާލެ ސިޓީ ކައުންސިލަށް ހަތަރު ފަހަރެއްގެ މަތިން ވަނީ ސިޓީ ފޮނުވާފައެވެ.އެންމެ ފުރަތަމަ 29 މާރިޗު 2026 ގައި ބިން ހަވާލުކުރުމަށް އެދިފައިވާއިރު، އޭގެ ފަހުން އޭޕްރީލް މަހާއި މޭ މަހުގެ ތެރޭގައި ވެސް ތަކުރާރުކޮށް ވަނީ އެދިފައެވެ. ނަމަވެސް، ދެ މަސްދުވަސް ވެގެންދިޔައިރު ވެސް ކައުންސިލުން ބިން ހަވާލުކޮށްފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢަކީ 600 ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ، މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢެކެވެ. މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލަސްވެގެންދާނެ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި