Sunday, 26 July 2026
Ads by

ޗައިނާގައި ސިއްރުން ތަމްރީނު ހެދި ރަޝިޔާ ސިފައިން ޔޫކްރޭނުގައި ހަނގުރާމަކުރުމަށް ގުޅިފައިވޭ: މަޞްދަރުތައް

ޗައިނާގައި ސިއްރުން ތަމްރީނު ހެދި ރަޝިޔާ ސިފައިން ޔޫކްރޭނުގައި ހަނގުރާމަކުރުމަށް ގުޅިފައިވޭ: މަޞްދަރުތައް

ޗައިނާ އާއި ރަޝިޔާ ސިފައިން ގުޅިގެން 2021 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަމްރީނެއްގެ ފޮޓޯ

ޗައިނާގެ އަސްކަރިއްޔާ އިން މިދިޔަ އަހަރުގެ ފަހުކޮޅު ރަޝިޔާގެ 200 އެއްހާ ސިފައިންނަށް ޗައިނާގައި ސިއްރު ތަމްރީނުތަކެއް ދީފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ސިފައިން މިހާރު ޔޫކްރޭނު ހަނގުރާމައަށް އެނބުރި ގޮސްފައިވާ ކަމަށް ޔޫރަޕުގެ ތިން އިންޓެލިޖެންސް އެޖެންސީއަކާއި ސިއްރު ލިޔެކިޔުންތަކާއި ހަވާލާދީ ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފިއެވެ.

Ad Image
Ads by

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނަށް އަރައި ހަމަލާދޭން ފެށި ފަހުން ޗައިނާ އާއި ރަޝިޔާއިން ގުޅިގެން ގިނަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައިވީ ނަމަވެސް، އެޤައުމުން ތަކުރާރުކޮށް ބުނަމުންދަނީ އެ ޤައުމަކީ މި ހަމަނުޖެހުމުގައި ވަކި ފަރާތަކަށް ނުޖެހޭ ޤައުމެއް ކަމަށާއި، އަދި ސުލްހަ ޤާއިމުކުރުމުގެ މެދުވެރިއެއްގެ ގޮތުގައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގު ގައި 2025 ވަނަ އަހަރުގެ ޖުލައި 2 ގައި ރަޝިޔާ އާއި ޗައިނާގެ އިސް އޮފިސަރުން ސޮއިކުރި ރަޝިޔާ އަދި ޗައިނާ ބަހުން ލިޔެފައިވާ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ ގޮތުން، މައިގަނޑު ގޮތެއްގައި ޑްރޯން ބޭނުންކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ސިއްރު ތަމްރީނުތަކުގެ ތަފްސީލުތައް ހިމެނޭ ކަމަށް ރޮއިޓާސް ނޫހުގައި ބުނެފައި ވެއެވެ.

ރަޝިޔާގެ ސިފައިން ޗައިނާގައި ތަމްރީނުތަކެއް ހެދުމުގެ ބަދަލެއްގެ ގޮތުން ރަޝިޔާ އިންވެސް ވަނީ އެޤައުމުގެ އަސްކަރީ ފެސިލިޓީތަކުގައި ޗައިނާގެ ސިފައިން ތަމްރީނުކުރުމަށް އެއްބަސްވެފައެވެ. މީގެ ސަބަބުން ދެޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ހުނަރާއި ތަޖުރިބާ ބަދަލުކުރެވި، ހަނގުރާމައިގައި ފައިދާތަކެއް ވެގެންދާނެކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި