Wednesday, 9 September 2026
Ads by

މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ޙައްޖުވެރިންގެ އިސްވެރިޔަކަށް، އަމީރުލް ޙައްޖުގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

Ad Image
Ads by

ކޮންމެ އަހަރެއްގެވެސް ޙައްޖަށްދާ ފަރާތްތަކުގެ ހުރިހާ ކަމެއްގެ އެންމެ އިސްފަރާތަކަށް ބޭފުޅަކު ކަނޑައަޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާއެވެ. މިއަހަރުގެ އަމީރުލް ޙައްޖު ނުވަތަ ޙައްޖުވެރިންގެ އެންމެ އިސްފަރާތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވަނީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށްދާ ހުރިހާ ޙައްޖުވެރިން މިހާރުވަނީ، ސަޢުދީއަށް ގޮސްފައެވެ. ޖުމްލަ 4 ފްލައިޓުގައި ޙައްޖުވެރިން ގެންގޮސްފައިވަނީ، މޯލްޑިވިއަންގެ 2 ފްލައިޓާއި ސަޢުދީއާގެ 2 ފްލައިޓުގައެވެ.

ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް ޙައްޖު މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިންދާ ޙައްޖުވެރިންގެ އެންމެ އިސްވެރިޔާ ނުވަތަ އަމީރުލް ޙައްޖުގެ ގޮތުގައި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުގެ ހުރިހާ ކަންކަމެއް ބަލަހައްޓަވާ އެންމެ އިސްފަރާތެއްގެ ގޮތުގައި ބޭފުޅަކު ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމެކެވެ. އެގޮތުން 1447 ވަނަ އަހަރުގެ ޙައްޖުވެރިންގެ އަމީރުލް ޙައްޖަކަށް ވަޒީރު މުޙައްމަދު ސަޢީދު ހަމަޖެއްސެވީ، ޙައްޖުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ބަލަހައްޓަވައި، ޙައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިންދާ ހުރިހާ ޙައްޖުވެރިން މިހާރު ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައެވެ. ޖުމްލަ 1000 ޙައްޖުވެރިން ސަޢޫދީއަށް ގެންގޮސްފައިވަނީ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ޤައުމީ އެއަރލައިން ”މޯލްޑިވިއަން“ ގެ 2 ފްލައިޓާއި، ސަޢޫދީ އެއަރލައިންސްގެ 2 ފްލައިޓެވެ.

ސަޢޫދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ދެއްވާ 1000 ޙައްޖު ކޯޓާގެ ދަށުން، މިއަހަރުގެ ޙައްޖުގެ ކަންކަންވެސް އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހި ޙައްޖު މިޝަނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. މިގޮތުން ޙައްޖުވެރިންގެ ހުރުމާއި، ކާބޯތަކެއްޗާއި، އަދި އެހެނިހެން ޒަރޫރީ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި އިންތިޒާމުކުރުމަށް އެ ފަރާތްތަކުން ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި