Wednesday, 9 September 2026
Ads by

ޙައްޖާޖީންގެ އެންމެފަހު ގުރޫޕް ވެސް ފުރައިފި

ޙައްޖާޖީންގެ އެންމެފަހު ގުރޫޕް ވެސް ފުރައިފި

ދިވެހި ޙައްޖާޖީން---

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ދިވެހިރާއްޖެއިން ފުރާ ޙައްޖާޖީންގެ އެންމެފަހު ގްރޫޕް ވެސް މިއަދު ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.

Ad Image
Ads by

ޙައްޖާޖީންގެ އެންމެފަހު ގުރޫޕް ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 09:47 އެހާއިރުއެވެ. މި ފްލައިޓް ޖިއްދާގެ ކިންގް އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާނީ ރާއްޖެ ގަޑިން މިއަދު މެންދުރުފަހު 14:07 އެހާއިރުއެވެ. ޙައްޖުގެ އަޅުކަމަށް ފުރާ އެންމެފަހު ގުރޫޕުގައި ހިމެނޭ 253 ޙައްޖާޖީން ވަނީ މި ފުލައިޓުން ސަޢުދީއަށް ފުރައިފައެވެ.

ދިވެހިރާއްޖެއަށް މި އަހަރު 1،000 ޙައްޖު ކޯޓާ ލިބިފައިވާއިރު، ޙައްޖުގެ އަޅުކަމަށް މި ހުރިހާ ޙައްޖާޖީން ދަތުރުކޮށްފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓާއި ސަޢުދީގެ ދެ ފްލައިޓުގައެވެ. މީގެ ތެރެއިން 500 ޙައްޖާޖީން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދަތުރުކުރިއިރު، އަނެއް 500 ޙައްޖާޖީން ދަތުރުކޮށްފައިވަނީ ސައުދީގެ ފްލައިޓުތަކުގައެވެ.

މި އަހަރުގެ ޙައްޖުވެރިން ފުރާފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި 238 ޙައްޖާޖީން، ދެވަނަ ފްލައިޓުގައި 260 ޙައްޖާޖީން، ތިންވަނަ ފްލައިޓުގައި 268 ޙައްޖާޖީން އަދި ފަހު ފްލައިޓުގައި 253 ޙައްޖާޖީންނެެވެ.

ދިވެހި ޙައްޖާޖީންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ސަޢުދީ ސަރުކާރާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޙައްޖާޖީން ތިބޭ ޓެންޓުތަކުގައި ފާހާނަ ބަރި އިތުރުކުރުމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަރުދަނާކުރުން ހިމެނެއެވެ.

މޯލްޑިވްސް ޙައްޖު މިޝަންއިން ބުނީ، މިހާތަނަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި