Saturday, 24 October 2026
Ads by

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ޚިދުމަތް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި

ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ޚިދުމަތް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި

ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ޚިދުމަތްތައް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.

Ad Image
Ads by

އައިޖީއެމްއެޗުން ހާމަކޮށްފައިވާ 2023، 2024 އަދި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑޮކްޓަރުންގެ އޯޕީޑީތަކަށް ދެއްކި ބަލިމީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވެފައިވާ މީހުންނެވެ. މީގެކުރިން މި ބަލިތަކަށް ކުރަމުން އައި އޮޕަރޭޝަންތަކަކީ ބޮޑުތަނުން ކަފާލައިގެން ކުރާ، އަދި އޭގެ ސަބަބުން ބަލިމީހާ ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ ފަރުވާތަކެކެވެ. ނަމަވެސް، އަލަށް ތަޢާރަފްކުރި ލޭޒަރ ސާޖަރީގެ ސަބަބުން ބަލިމީހާ ތަހައްމަލްކުރަންޖެހޭ ވޭން ކުޑަވެ، ބަލި ފަސޭހަވާ މުއްދަތު އަވަސްވެގެންދާނެއެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން ފަށާފައިވާ 4 ބާވަތެއްގެ އޮޕަރޭޝަނަކީ:

  1. ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އޮޕަރޭޝަން (އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓް)
  2. ފުރަގަސްފަރާތުގެ ބައްޔަށް ކުރާ ލޭޒަރ ސާޖަރީ (ހެމޮރޮއިޑޯޕްލާސްޓީ)
  3. ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ އޮޕަރޭޝަން (ފިސްޓުލާ ޓްރަކްޓް ލޭޒަރ ކްލޯސަރ)
  4. ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ލޭޒަރ އޮޕަރޭޝަން (ސައިނަސް ލޭޒަރ ކްލޯޒަރ)

މި އޮޕަރޭޝަންތަކުގެ ސަބަބުން ބޮޑުތަނެއް ކަފާލުމަކާ ނުލައި ފަރުވާ ދެވޭތީ، އިންފެކްޝަންވުމުގެ ފުރުޞަތު ކުޑަވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. މީގެ ސަބަބުން ބަލިމީހުންނަށް އަވަހަށް މަސައްކަތުގެ މާޙައުލަށް އެނބުރި ދިއުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ އިތުރުން، އައިޖީއެމްއެޗުގެ ޖެނެރަލް ސާޖަރީ ޓީމުގެ ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުން ވަނީ އިންޑިއާގެ ހޮސްޕިޓަލުތަކުގައި ޚާއްޞަ ތަމްރީނުތަކާއި ވޯކްޝޮޕްތައް ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ކުރިއަރާފައިވާ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_9437
ޒުވާން ދަނޑުވެރިޔާ ރަމްޒީ ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮފީ ހައްދައިފި
Minister Saeed expo
އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް ރައީސް ގެންގުޅުއްވަނީ ދުރުވިސްނުންތެރި ތަސައްވުރެއް: ވަޒީރު ސައީދު
Anni press hulhudhoo
ސަރުކާރަށް މެސެޖެއް ދިނުމަށް ހުޅުދޫ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ގޮވާލައްވައިފި
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި