Sunday, 26 July 2026
Ads by

ރާއްޖެ – ލަންކާ ދެމެދު އެއަރ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފަށަނީ

ރާއްޖެ – ލަންކާ ދެމެދު އެއަރ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފަށަނީ

ރާއްޖެ އާއި ލަންކާ އާ ދެމެދު ފަށާ އެއަރ އެމްބިއުލާންސް ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޯޓު - ފޮޓޯ:ހެލްތު މިނިސްޓްރީ

ރާއްޖެ އާއި ސްރީ ލަންކާ އާ ދެމެދު އެއަރ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

Ad Image
Ads by

މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލުމަށް ބޭނުން ކުރަމުން އައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން އަންނަ މަސައްކަތްޕުޅުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ މިނިސްޓްރީން ވަނީ އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފަށަން ޤައުމީ އެއަރލައިން މޯލްޑިވިއަނުން ކުރި މަސައްކަތްތަކަށާއި މެޑިކަލް ޑިވައިސްތައް ފޯރުކޮށްދިން އުރީދޫއަށް ޝުކުރުއަދާކޮށްފައެވެ.

https://x.com/MoHmv/status/1763210071813824904?s=20

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މިދިޔަ ބުދަ ދުވަހުގެ ރޭ ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ އެ ޚިދުމަތް ފަށަނީ ޑޭޝް އަށެއްގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ބޭނުން ކޮށްގެން، އެ ބޯޓުތަކުގެ އެތެރެއަށް އެކަށޭނަ ބަދަލުތައް ގެނެސްގެން ކަމަށެވެ. މިއީ ރާއްޖޭގައި މި ދާއިރާގެ އަމިއްލަ ޤާބިލުކަން އުފެދިގެންދިއުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ޑޭޝް އަށެއްގެ މަތިންދާބޯޓެއްގައި މި ޚިދުމަތް ފެށުމުން ރާއްޖޭގެ ކޮންމެ އެއަރޕޯޓަކުންވެސް ކުއްލި ހާލަތުގައި ފަރުވާ ދިނުމަށް ބަލި މީހުން އުފުލޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އަވަށްޓެރި ސްރީ ލަންކާ އާ ހަމައަށް އަދި އެތަނުން އެހެން މަންޒިލުތަކަށްވެސް ދަތުރު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ސީޕްލޭނެއްވެސް މި ޚިދުމަތް ދިނުމަށް ބޭނުންކުރާތީ އެއަރޕޯޓް ނެތް ރަށްރަށުން ބަލިމީހުން އުފުލޭގޮތް ވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި