Wednesday, 9 September 2026
Ads by

އެމެރިކާއިން ކިއުބާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއްނަގައިފި ނަމަ ”ލޭއޮހޮރުވުމަކަށް“ ދާނެ ކަމަށް އެޤައުމުގެ ރައީސް ބުނެފި

އެމެރިކާއިން ކިއުބާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއްނަގައިފި ނަމަ ”ލޭއޮހޮރުވުމަކަށް“ ދާނެ ކަމަށް އެޤައުމުގެ ރައީސް ބުނެފި

ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކަނެލް

ކިއުބާ އާއި ދެކޮޅަށް އެމެރިކާއިން އެއްވެސް އަސްކަރީ ފިޔަވަޅެއް ނަގައިފިނަމަ އެކަމުގެ ސަބަބުން ”ލޭއޮހޮރުވުމަކަށް“ މަގުފަހިވެ، ސަރަހައްދީ ސުލްހަޔާއި ހަމަޖެހުމަށް އަންދާޒާނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބޭނެ ކަމަށް ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކަނެލް ބުނެފިއެވެ. ޓުވިޓާގައި ކޮށްފައިވާ ޕޯސްޓެއްގައި ޑިއާޒް-ކަނެލް ބުނެފައި ވަނީ ”ކިއުބާއަކީ އެއްވެސް ބަޔަކަށް އޮތް ނުރައްކަލެއް ނޫން“ ކަމަށެވެ.

Ad Image
Ads by

މިފަދަ ގޮތަކަށް ކިއުބާގެ ރައީސް ބުނެފައިވަނީ، ސިއްރު ޖާސޫސީ މައުލޫމާތާ ހަވާލާދީ، ކިއުބާއިން 300 އަށްވުރެ ގިނަ އަސްކަރީ ޑްރޯން ހޯދާފައިވާ ކަމަށާއި، އަދި ގުއަންޓަނާމޯ ބޭގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒަށާއި، އެމެރިކާގެ އަސްކަރީ އުޅަނދުފަހަރަށާއި، ފްލޮރިޑާގެ ކީ ވެސްޓަށް ހަމަލާދިނުމަށް ރާވަމުންދާ ކަމަށް އާދީއްތަ ދުވަހު އެމެރިކާގެ އެކްސިއޯސް ނޫހުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. ކިއުބާއިން ބުނީ އެމެރިކާއިން މަސައްކަތް ކުރަމުންދަނީ އަސްކަރީ ގޮތުން އެޤައުމަށް އަރައިގަތުމަށް ބަހަނާއެއް ދެއްކުމަށްޓަކައި ދޮގު މައުލޫމާތު އުފެއްދުމަށް ކަމަށެވެ.

އެމެރިކާގެ ޒަމާންވީ ކޮމިއުނިސްޓު ދުޝްމަނެއް ކަމަށްވާ ކިއުބާއަށް ވަނީ، އެގައުމުގެ އޭރުގެ ބައިވެރިޔާ ވެނެޒުއޭލާގެ ރައީސް ޖަނަވަރީ މަހު ހައްޔަރުކުރުމަށްފަހު އެމެރިކާއިން ކިއުބާއަށް ހަކަތަ ފޯރުކޮށްދިނުން ހުއްޓާލުމާ ގުޅިގެން ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.

އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާއިން ތެލާއި ޑީސަލް ހުސްވެއްޖެ

ފާއިތުވެދިޔަ ދުވަސްތަކުގައި އެމެރިކާ އަދި ކިއުބާގެ ގުޅުންތައް ހީނަރުވެ، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ހީނަރުކަން ވަނީ އިތުރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި