Friday, 19 July 2024
Ads by

އިންތިހާބު ފަސްކުރާ ބިލު ރައިސް ތަސްދީގު ކުރައްވައިފި, އިންތިހާބު އޮންނާނީ ރޯދައިގެ ފަހުން

އިންތިހާބު ފަސްކުރާ ބިލު ރައިސް ތަސްދީގު ކުރައްވައިފި, އިންތިހާބު އޮންނާނީ ރޯދައިގެ ފަހުން

އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނު (ޤާނޫނު ނަންބަރު: 2008/11 )އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤުކުރުމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާދެއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މިއަދު މި ބިލް ތަޞްދީޤުކުރައްވައިފިއެވެ.

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ.ކެނދިކުޅުދޫގައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައި އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލް ތަޞްދީޤުކުރެއްވުމަށް ދައުލަތުގެ ބަންޑާރަ ނާއިބުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާކަމަށާ، ބަންޑާރަ ނާއިބު ދެއްވަވާ ލަފާފުޅަކާ އެއްގޮތަށް ޢަމަލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެއާ މިއަދު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައިވެސް، އަބަދުވެސް ޤާނޫނުއަސާސީ ނަގަހައްޓަވާނެކަމަށާ، ކޮންމެ ކަމެއްވެސް ކުރައްވާނީ ޤާނޫނުއަސާސީއާ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީންކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ވަނީ ދެއްވައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
ibu mother
ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު އަވަހާރަވެއްޖެ
DSC_2970
މުސްތަޤްބަލުގައި ޤައުމަށް ފައިދާހުރި ދަރިންތަކެއް ބިނާކުރުމަށް މިކަންކަމަށް ސަމާލުކަންދީ!
old-hands
ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް އިސްކަންދޭންވީ މިކަންތައްތަކަށް!
358230_17f4375f-3_
ސިޑްސްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރައީސް މާލެ ވަޑައިގެންފި
Ads by
މަގުބޫލު