Wednesday, 9 September 2026
Ads by

މީދޫ އަދި ހުޅުދޫގެ ކައުންސިލްތައް އުފައްދައި، ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް އުވާލައިފި

މީދޫ އަދި ހުޅުދޫގެ ކައުންސިލްތައް އުފައްދައި، ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް އުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު--- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އައްޑޫ ސިޓީ މީދޫ އަދި ހުޅުދޫ ކައުންސިލް އިދާރާތައް އަލަށް އުފައްދަވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑަށް ބަދަލުގެންނަވައި، ހދ. ހިރިމަރަދޫ ކައުންސިލާއި ހުރިހާ އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުވާލައްވައިފިއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި ބަދަލު ގެންނަވާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން، އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫއަށް ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވައިފައެވެ. އަދި ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ ”އައްޑޫ ސިޓީ“ ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ވެސް އަލުން ވަނީ ތަރުތީބުކޮށްފައެވެ.

މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/12 ދެންނެވުމުން ވަނީ ”އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ“ އާއި ”އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ“ ގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތް ވެސް އާންމުކޮށްފައެވެ.

އަދި ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، ”އައްޑު އަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ“ އަށް ލިޔާ ސިޓީގައި ޖަހަމުން ގެންދަންވާނީ 1140 ކަމަށާއި، ”އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ“އަށް ލިޔުއްވާ ސިޓީގައި ޖަހަމުން ގެންދަންވާނީ 1141 ކަމުގައި ވެސް މި ދެންނެވުމުގައި ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާތީ، ހިރިމަރަދޫ ކައުންސިލާއި އެ ކައުންސިލްގެ އިދާރާ ވެސް ވަނީ، އިއްޔެއިން ފެށިގެން އުވާލައިފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Aaidha
ބައިނަލްއަގުވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އާއިދާއަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު