Wednesday, 17 June 2026
Ads by

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިމާލޭގެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

Ad Image
Ads by

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޒިޔާރަތުގައި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލީ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ވަނީ ރައީސްއާއި ހިއްސާކުރައްވާފައެވެ.

ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފޭސް 1 ގައި ހިމެނޭ ތިން ސެގްމެންޓެއްގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި، ކުރިން ނިމިފައިވާ ދެ ސެގްމެންޓުގެ ފަރުމާއާ އެއްގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު މަސައްކަތް ކުރިއަށްދާ ސެގްމެންޓް 1، 2 އަދި 3 ގައި ތާރު އެޅުމަށް ހަމަޖެހިފައިވަނީ ހުރިހާ ސެގްމެންޓެއް އެކީގައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު ބަދަލެއް އަންނާނީ ތިންވަނަ ސެގްމެންޓަށެވެ. އެ ސަރަހައްދުގައި މަގުން ބޭރަށް ބައެއް ހިއްކައިގެން 500 ސައިކަލު ޕާކު ކުރެވޭނެ ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މި ޕާކިންގ ޒޯނަށްޓަކައި ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް މިހާރު ވަނީ ހިއްކާ ނިންމާފައެވެ.

ފަހަރަކު ބައެއް ބަންދުކޮށްގެން މަސައްކަތް ކުރިއަށްދާ މި މަޝްރޫޢު އެއްކޮށް ނިންމައި، އަންނަ ޖުލައި މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަކީ އެމްޓީސީސީގެ އަމާޒެކެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރުފަރާތުގެ ދަތުރުފަތުރަށާއި ޕާކިންގގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muhtho
މޭޔަރު އާޒިމާއެކު ދެން މުއާމަލާތް ކުރާނީ ހަމައެކަނި ލިޔުމުން: މުއްތަލިބު
Customs building 2
ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ފޮށިތަކުގައި ފޮރުވައިގެން އެތެރެކުރި 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
masdhalhu mifco
މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި
BML FVM
ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި
Ads by
މަގުބޫލު
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި