Sunday, 26 July 2026
Ads by

މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވި، ކައުންސިލްގެ ހިންގުން ހުއްޓުމަކަށް

މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވި، ކައުންސިލްގެ ހިންގުން ހުއްޓުމަކަށް

މަހިބަދޫ ކައުންސިލުގެ އާ މެންބަރުން---

އދ. މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ހޮވަން ކައުންސިލްގެ މެމްބަރުންގެ މެދުގައި އެތަށް ފަހަރެއްގެ މަތިން ވޯޓަށް އަހައިގެން ވެސް، ވޯޓު އެއްވަރުވުމުގެ ސަބަބުން ކައުންސިލްގެ ހިންގުން ހުއްޓުމަކަށް އަތުވެއްޖެއެވެ.

Ad Image
Ads by

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ހޮވަން ހަ ފަހަރެއްގެ މަތިން ވަނީ ވޯޓަށް އަހައިފައެވެ. ނަމަވެސް ވޯޓަށް އަހާ ކޮންމެ ފަހަރަކު ވެސް ވޯޓު އެއްވަރުވުމުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތައް ވަނީ ފެށޭގޮތެއް ނުވެފައެވެ. ގާނޫނު އޮންނަ ގޮތުން، ކައުންސިލަށް މެންބަރުން އިންތިހާބުވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި އެ ކައުންސިލަކަށް ނައިބު ރައީސަކު ހޮވަން ޖެހެއެވެ. ކައުންސިލްގެ މަސައްކަތްތައް ފެށޭނީ އެ ކައުންސިލަކަށް މެންބަރުން އިންތިހާބުވުމަށްފަހުގައެވެ.

މަހިބަދޫ ކައުންސިލަށް އަލަށް އިންތިހާބުވި ފަސް މެންބަރުން އިއްޔެ ވަނީ މަގާމުގެ ހުވައި ކުރައްވައިފައެވެ.

މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ އެމްޑީޕީގެ ފަރާތުން މެންބަރަކާއި، ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ފަރާތުން މެންބަރެއްގެ އިތުރުން، އަމިއްލަ ގޮތުން ވާދަކޮށް ކައުންސިލަށް އިންތިހާބުވި މެންބަރެކެވެ. އެގޮތުން އެންމެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައިލާއިރު އެމްޑީޕީގެ މެންބަރު ޒަޢީމާ މުޙައްމަދަށް 2 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ މެންބަރު މުޙައްމަދު މައުމޫނަށް ވެސް ލިބިފައިވަނީ 2 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް ކައުންސިލަށް އިންތިހާބުވި މެންބަރު ބުންޏާމީން ޙަސަނަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

މި ދެ މެންބަރުންގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން އިތުރު ފަސް ފަހަރު ވޯޓަށް އެހި ނަމަވެސް ބާތިލު އެއް ވޯޓާއެކު ކޮންމެ ފަހަރަކު ވެސް އޮންނާތީ ނަތީޖާ އެއްވަރުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި