Saturday, 17 October 2026
Ads by

ގެއްލުނު އިޓަލީގެ 4 ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ

ގެއްލުނު އިޓަލީގެ 4 ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ

ވ. އަތޮޅުގެ މަޝްހޫރު ”މިޔަރު ޑައިވް“ ސައިޓުގެ ކަނޑުއަޑީގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑުތައް، ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި މިއަދު ހޯދައިފިއެވެ.

Ad Image
Ads by

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގެއްލުނު ފަތުރުވެރިންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ މިއަދު ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި ހަށިގަނޑުތައް ފެނިފައިވަނީ އެމީހުން ޑައިވް ކުރަން ވަން ހޮހަޅައިގެ ތެރެއިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހޮޅައިން ބޭރަށް ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ރޭވިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވަނީ ހަށިގަނޑުތައް ފެނުނުކަން ކަށަވަރުކޮށްދެއްވައިފައެވެ. މުންދު ވިދާޅުވީ، ހަށިގަނޑުތައް ލޮކޭޓް ކުރެވުނީ އެމްއެންޑީއެފްގެ ކޯސްޓްކާޑާއި، ފުލުހުންގެ ޑައިވް ޓީމުގެ އިތުރުން، އިޓަލީ ސަރުކާރުގެ އެހީގައި އެކުލަވާލި ބޭރުގެ ތަޖުރިބާކާރުންގެ ޑައިވް ޓީމުން މިއަދު ކުރި ބުރަ މަސައްކަތުން ކަމަށެވެ.

”ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ،“ މުންދު ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަނުގައި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވީ، ރާއްޖޭގެ ޑައިވަރުންނަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކަށް ދިވެހި ޑައިވަރުން ނުފޮނުވުމަށް ސަރުކާރުން ނިންމަވާފައިވާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް އިޓަލީގެ ހަތަރު ޑައިވަރަކާއި އެމީހުންގެ އިންސްޓްރަކްޓަރު ފީނަން ގޮސް އުޅެނިކޮށެވެ. މި ހާދިސާގައި މަރުވެފައިވަނީ މޮނިކާ މޮންޓެފަލްކޯން (52އ)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20އ)، މުރީއެލް އޮޑެނިނޯ (31އ)، ޖިއަންލުކާ ބެނެޑެޓީ (44އ) އަދި ފެޑެރީކޯ ގުއަލްޓިއަރީ (31އ) އެވެ.

މީގެ ތެރެއިން އިންސްޓްރަކްޓަރުގެ ގޮތުގައި ހުރި އުމުރުން 44 އަހަރުގެ ޖިއަންލުކާ ބެނެޑެޓީގެ ހަށިގަނޑު މީގެ ކުރިން ވަނީ ކަނޑުގެ 60 މީޓަރު (197 ފޫޓް) އަޑިން ހޮހަޅައިގެ ތެރެއިން ފެނިފައެވެ. ބާކީ ތިބި މީހުން މަރުވެފައި ތިއްބާ ފެނުނީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ނުރައްކާތެރި ހޮހޮޅައިގެ އެންމެ އެތެރެއިންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
Screenshot_20261016_230228_Gallery
އައްޑޫ މީދޫ ކައުންސިލުން، ފިޝަރީޒް މިނިސްޓްރީއާއިއެކު 3 އެއްބަސްވުމެއްގައި ސޮއިކޮށްފި
download - 2026-10-16T220648
މެލޭޝިއާގައި ހިންގި ދެ ރޭޑެއްގައި 4.4 މިލިއަން ޑޮލަރުގެ މަސްތުވާތަކެއްޗާއެކު ބޮޑު ނެޓްވޯކެއް އަތުލައިގަނެފި
police jeelu
ވަގު ނަންބަރު ބޯޑު ހަރުކޮށްގެން ސައިކަލު ދުއްވައި، ވައްކަން ކުރަން އުޅުނު 5 މީހަކު އަތުލައިގެންފި
Ihsan
ޤައުމީ ސަލާމަތާއި ގުޅޭ ކަންކަމުގައި ދޮގުވާހަކަ ނުފެތުރުމަށް ހޯމް މިނިސްޓަރ އިލްތިމާސް ކުރައްވައިފި
Ads by
މަގުބޫލު
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި
download - 2026-10-16T085358
މައްކާގެ މިސްކިތެއްގެ ތެރޭގައި ހުތުރު އަމަލެއް ހިންގި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދީފި
falah pg
ރަސްމާލެ މަޝްރޫޢާ ޔާމީން ދެކޮޅުވުމަށްވުރެ ޚަލީލް ދެކޮޅުވީމަ ހައިރާންވެއްޖެ: ފަލާޙް
20261015_122353
ޣައްޒާ ސުންނާފަތި ކޮށްލަން ގޮވާލި ވިޔަފާރި ވެރިޔަކު އިނދަޖެހި ސަލާމަތަށް އެދި ގޮވަނީ
450013_3_48abe8100b17e5421caa711a843ba42b661b8991
އޮފީހެއްގެ ނިވާފަތްގަނޑުގައި ހަދައިގެން މާލޭގައި ފުޅާދާއިރާއެއްގައި ހިންގި ބަނގުރަލުގެ ނެޓްވޯކެއް އަތުލައިގަނެފި