Sunday, 26 July 2026
Ads by

އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ އެއަރލައިނަކަށް މޯލްޑިވިއަން!

އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށި ފުރަތަމަ އެއަރލައިނަކަށް މޯލްޑިވިއަން!

އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާ މޯލްޑިވިއަން ތާރީޚުގެ ތެރެއަށް: ފޮޓޯ މޯލްޑިވިއަން..

ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް ފަށައި، ތާރީޚީ ކުރިއެރުމެއް ހޯދައިފިއެވެ. މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ.

Ad Image
Ads by

މި ތާރީޚީ ދަތުރުގެ ފުރަތަމަ ފްލައިޓް މިހާރު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޮސްޓްރޭލިއާއަށް ފުރާފައެވެ. މޯލްޑިވިއަނުން މަޢުލޫމާތު ދޭ ގޮތުގައި މި ފްލައިޓް މެލްބަންއަށް ދިއުމަށްފަހު، އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ހަފްތާއަކު އެއް ފްލައިޓް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ އެއަރލައިންގެ ވައިޑް ބޮޑީ އެއަރކްރާފްޓެވެ. މިއީ ދިގު ދަތުރުތަކަށް ޚާއްޞަކޮށްގެން މޯލްޑިވިއަނުން ތައާރަފުކޮށްފައިވާ ބޯޓެކެވެ.

މި ދަތުރުތައް ފެށުމާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ، މެލްބަންއަށް ދަތުރުތައް ފެށުމަށް ނިންމީ މާކެޓް ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. މިގޮތުން އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މާކެޓަކަށް ވުމަކީ މި ދަތުރުތައް ފެށުމަށް ނިންމި އެންމެ މައިގަނޑު ސަބަބު ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮސްޓްރޭލިއާއަކީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 10 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 18,066 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މޯލްޑިވިއަންގެ މި ސީދާ ދަތުރުތަކާއެކު، އޮސްޓްރޭލިއާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި