Wednesday, 9 September 2026
Ads by

ވަޠަނީ ޚިދުމަތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް ފުރުޞަތު ލިބޭނެ: ދިފާޢީ ވަޒީރު

ވަޠަނީ ޚިދުމަތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް ފުރުޞަތު ލިބޭނެ: ދިފާޢީ ވަޒީރު

ދިފާޢީ ވަޒީރު ޙަސަން ރަޝީދު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުންނަށް އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ޕްރޮގްރާމު ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad Image
Ads by

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމް އިޢުލާންކުރެއްވިއިރު، ދަރިވަރުން ތަރުބިއްޔަތުކޮށް، ވަޒީފާ އަދާކުރާ ހަރުދަނާ ބަޔަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށެވެ. އަދި މިހާރު ފުރަތަމަ ބެޗުގެ ދަރިވަރުން އެ މަގުން ކުރިއަށްދާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅުގެ އިޚްލާޞްތެރިކަން ހާމަވާ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ތަމްރީނު ތާވަލުގައިވާ ގޮތުގެ މަތިން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި 350 ދަރިވަރުންގެ އިތުރު ދެ ބެޗު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ދަސްވެނިވި ދަރިވަރުންނާ މުޚާޠަބުކުރައްވައި ވަޒީރު ވިދާޅުވީ، ބެލެނިވެރިންގެ އުންމީދުތަކުގެ މަތީގައި ދެމިތިބުމާއި، މުޖުތަމަޢުގެ އެންމެން އެކުގައި މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.

”މުޖުތަމަޢުގެ ތެރޭގައި ހިންގާ ނޭދެވޭ ކަންކަމަށް އިޖާބަ ނުދިނުން މުހިންމު. ލިބުނު ތަމްރީނުތަކުގެ ބޭނުން ހިފަން ވާނެ. އަޅުގަނޑު އެދެނީ ހުރިހާ ޒުވާނުންނަށް އުޖާލާ މުސްތަޤުބަލެއް،“ ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ދީނީ، ޢިލްމީ އަދި ޖިސްމާނީ ގޮތުން ތަފާތު ހުނަރުތައް ދަސްކޮށްދެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ނަމާދަށް ފަރުވާތެރިވުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ ކަންކަމާއި، އާންމު ދިރިއުޅުމުގެ ޒިންމާތައް އުފުލުމަށް ބޭނުންވާ މުހިންމު ތަރުބިއްޔަތު ހިމެނޭކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އިޓަލީ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަނދާން އައުކުރައްވަމުންނެވެ. ވަޒީރު ވަނީ އެއީ މުޅި ޤައުމު ފަޚުރުވެރިވާފަދަ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި