Thursday, 8 October 2026
Ads by

މާލޭގައި ކުރި މުޒާހަރާ އެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

މާލޭގައި ކުރި މުޒާހަރާ އެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި

މެއި 13 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

Ad Image
Ads by

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހަތް ފިރިހެނުންނާއި ދެ އަންހެނުންނެވެ. އެ މީހުން ހައްޔަރުކުރީ އެއްވުމުގެ ތެރެއިން ފުލުހުންގެ ދައުރަށް ހުރަސްއަޅައި، ފުލުހުން ކުރި އަމުރުތަކަށް ތާބީ ނުވުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން ހަ މީހަކު ވަނީ ވަގުތުން ދޫކޮށްލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހައްޔަރުކުރި ދެ އަންހެނުންނާއި ހަތަރު ފިރިހެނުންނެވެ. ބާކީ ތިބި ތިން މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހާފައިވެއެވެ.

ކޯޓުން މުއްދަތު ޖެހި ތިން މީހުންގެ ތެރެއިން އެކަކަށް 3 ދުވަސް، އެކަކަށް 5 ދުވަސް އަދި އަނެއް މީހާއަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. ނަމަވެސް، 3 ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކުރި މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން، އޭނާވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. އެހެންކަމުން މި މައްސަލައިގައި މިހާރު ފުލުހުންގެ ބަންދުގައި ތިބީ ދެ މީހުންނެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
download - 2026-10-08T135557
ސޯސަންމަގުގައި ހިންގި އެކްސިޑެންޓުގައި އިމިގްރޭޝަން އޮފިސަރު މަރުވި މައްސަލައިގައި ލައިސަންސް ނެތް ޒުވާނާ ބަންދުކޮށްފި
download - 2026-10-07T221050
20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދާ އީގަލް ހިލްސްގެ ޗެއާމަން އަލާއްބާރު ރާއްޖެ ވަޑައިގެންފި
big_ZinVy9dL1ondaGRbLXAopj4K9
ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް 12 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރައިފި
20261008_080232
65 އަހަރު ފަހުން އެމެރިކާގައި މަރުގެ ޙުކުމް: ޢަދަބު ދެނީ މުސްލިމް ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅުވެ 13 އެމެރިކާ ސިފައިން މަރާލި ނިދާލަށް
Ads by
މަގުބޫލު
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ
ފްލައިދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި، ދުބާއީން ދެ ދިވެއްސަކު ހައްޔަރުކޮށްފި
Fuad 252
ދިވެހިޖީޕީޓީއަށް ބައްޕަގެ އަޑު އެޅީ އާއިލާއަށް އެންގުމެއް ނެތި: ފުއާދު ތައުފީޤު
IMG_20261001_070015_035
ރަސްމާލެ މަޝްރޫއު: ބިން ވިއްކަނީއެއް ނޫން، ހެވެއް ނޭދޭ ތާނގައި ތެދެއްވެސް ނުހަދަނީ!
gam
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެމްބަރު އަލްއުސްތާޛާ ފާޠިމަތު ސައުސަން ނިޔާވެއްޖެ