Sunday, 26 July 2026
Ads by

އެޕޯލޯގެ 9 ޓަވަރަށް ބޭނުންވާ ލިފްޓު ސަޕްލައިކުރަން އެސްޓީއޯ އާ ހަވާލުކޮށްފި

އެޕޯލޯގެ 9 ޓަވަރަށް ބޭނުންވާ ލިފްޓު ސަޕްލައިކުރަން އެސްޓީއޯ އާ ހަވާލުކޮށްފި

އެޕޯލޯގެ ނުވަ ޓަވަރަށް ބޭނުންވާ ލިފްޓު ސަޕްލައިކުރަން އެސްޓީއޯ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެސްޓީއޯ

އެޕޯލޯ ކުންފުނިން ހުޅުމާލޭގައި ތަރައްޤީ ކުރަމުން އަންނަ ނުވަ އެޕާޓްމަންޓް ކޮމްޕްލެކްސްއަށް ބޭނުންވާ ލިފްޓު ސަޕްލައިކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ.

Ad Image
Ads by

އެޕޯލޯގެ ނުވަ ޓަވަރަށް ބޭނުންވާ 46 ލިފްޓް ސަޕްލައިކޮށް، އިންސްޓޯލް ކުރުމަށް އިއްޔެ ވި މި އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން ތަރައްޤީ ކުރާ ފުރަތަމަ ދެ ޓަވަރަށް މި އަހަރުގެ ތެރޭގައި ލިފްޓު ސަޕްލައިކޮށް، އިންސްޓޯލް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނެފައި ވަނީ މި އެއްބަސްވުމުގައި ހިމެނޭގޮތުން ކޮންމެ ޓަވަރެއްގައިވެސް މަދުވެގެން ޖުމްލަ ފަސް ލިފްޓު ހަރުކުރެވިގެން ދާނެ ކަމަށެވެ.
ލިފްޓު މާކެޓުގައި މިހާރު ރާއްޖޭގައި އެންމެ މަޤުބޫލު އެއް ލިފްޓު ބްރޭންޑް ކަމަށްވާ ”ކޯނޭ“ ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ އެސްޓީއޯއެވެ. އެޕޯލޯ ޓަވަރުތަކުގައި ހަރުކުރެވިގެންދާ ”ކޯނޭ“ ލިފްޓުތައް ވެގެން ދާނީ އެންމެ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ފީޗާތައް ހިމެނިގެންދާނެ ލިފްޓުތަކަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓުގައި ހިމެނޭ ބޮޑެތި ޕްރޮޖެކްޓް ތަކެއްގައި ”ކޯނޭ“ ލިފްޓު ހަރުކޮށްދީފައެވެ.
ކޯނޭ ބްރޭންޑަކީ ދުނިޔޭގައި ލިފްޓާއި އެސްކެލޭޓަރ އިންޑަސްޓްރީގެ ވިދުންގަދަ އެއް ނަމެވެ. ”މެޝިންރޫމްލެސް“ ލިފްޓު ދުނިޔެއަށް ތަޢާރަފު ކުރީ މި ބްރޭންޑުންނެވެ. މިކަން ވެގެން ދިޔައީ ލިފްޓު ޓެކްނޮލޮޖީއަށް އައި އިންޤިލާބީ ބަދަލަކަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި