ރޯދަމަހާއި ދިމާކޮށް އެސްޓީއޯއިން ގެނައި އަލުވި، ފިޔާ އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް ބާޒާރަށް ނެރެ، ވިއްކަން ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކައެވެ.
އެސްޓީއޯއިން ވިދާޅުވީ އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވޭނެ ކަމަށާއި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށެވެ.
އެސްޓޯއޯއިން ވިދާޅުވީ ފިޔާ ކިލޯއެއް ވިއްކާނީ 20 ރުފިޔާއަށްކަމަށާއި، އަލުވި 15 ރުފިޔާއަށް ކިލޯއެއް އަދި ބިސް ވިއްކާނީ 1 ރުފިޔާ 75 ލާރީގެ މަގުން ބިހެއްކަމަށެވެ.
ބާޒާރުގައި ވިއްކާ ތަކެތީގެ އަގަށް ބަލާއިރު ލުނބޯ ކިލޯއެއްގެ އަގު 90 ރުފިޔާއަށް ވަނޫ އަރާފައެވެ. އަދި ފިޔާ ކިލޯއެއްގެ އަގުވަނީ 25 ރުފިޔާއަށް އަރާފައެވެ.
ރާއްޖޭގެ ވިޔަފާރިވެރިޔަކު “އެކި” ނޫހަށް ކިޔައިދިން ގޮތުގައި ބާޒާރުގައި އެންމެ ޑިމާންޑު ބޮޑީ އިންޑިއާއިން އެތެރެކުރާ ފިޔާ އަށެވެ. އިންޑިއާ ފިޔާގެ އަގު ބޮޑުވަމުން އަންނަނަމަ އަގުތައް ބޮޑުވުން އެކަށީގެންވާ ކަމަށެވެ.