Sunday, 26 July 2026
Ads by

ލޫކަސްގެ ޖަލު ނޯޓް: ”ބޭއިންސާފާއި ދެކޮޅު ހެދުމަކީ ކުށެއްނޫން“

ލޫކަސްގެ ޖަލު ނޯޓް: ”ބޭއިންސާފާއި ދެކޮޅު ހެދުމަކީ ކުށެއްނޫން“

ލޫކަސް ޖަލީލް ހައްޔަރުކުރިތާ 4 ދުވަސްވީއިރުވެސް އެއްވެސް ސުވާލެއް ނުކުރާކަމުގެ ޝަކުވާ އޭނާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގައި ލޫކަސްގެ އެންމެ އަރިސް އިމްތިޔާޒު ފަހުމީ (އިންތި) ކުރައްވައިފިއެވެ.

Ad Image
Ads by

އެމްޑީޕީ ސޯޝަލްމީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ފުލުހުންގެ ބަންދުގައި ހުންނަތާ ހަތަރު ދުވަސް ވެފައިވާއިރު، މިހާތަނަށް އޭނާއާ އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށް އޭނާއާ ބައްދަލުކުރުމަށްފަހު އިންތި ވަނީ ސޯޝަލްމީޑިއާގައި ހާމަކުރައްވާފައެވެ.

”ބޭއިންސާފާއި ދެކޮޅު ހެދުމަކީ ކުށެއްނޫން“ ލޫކަސްގެ ޖަލު ނޯޓުގައިވެއެވެ.

ލޫކަސް ޖަލީލްގެ ޚާއްޞަ މެސެޖަކާއިއެކު އިންތި ބުނިގޮތުގައި، އޭނާ ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައި ހުންނަތާ 4 ދުވަސް ވެގެންދިޔައިރު، ތަޙުޤީޤު ކުރާ ފަރާތްތަކުން އޭނާއާ އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އަދި އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް މިހާތަނަށް ހުށަހަޅާފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އިންތި ވިދާޅުވީ، މިއީ ޝަރީޢަތަކާ ނުލައި ދެވޭ އަދަބެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ. އެއްވެސް ކުށެއް ސާބިތުކުރުމަށް މަސައްކަތް ކުރުމެއް ނެތި ނުވަތަ ތަޙުޤީޤެއް ކުރިއަށް ނުގޮސް މިގޮތަށް ބަންދުގައި ބެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް ސުވާލެއް ކުރުމެއް ނެތި ބަންދު ދިގުދެމިގެން ދާތީ، ލޫކަސްގެ ވަކީލުންނާއި އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ލޫކަސް ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރާއި ޚިލާފުވެގެން ޖަލު ޙުކުމެއް އިއްވާފައިވާ ’އަދަދު‘ ނޫހުގެ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މެއި 13 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންނާއެކުގައެވެ. އެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވަނީ އަލީ ޖުމާން (ޑެތު)، މުނާޒު އަލީ، ޝުޖާއު އަފީފް، އަލީ މުޝައްފާއު، އާމިނަތު މުނާ، ޝައްމޫން ޖަލީލް (ލޫކަސް)، އަޙްމަދު ރަމީޒު (ބީންޓޭ)، އާމިނާ މަނިކެ، ޢަބްދުﷲ ޝަރީފް، އަދި އަޙްމަދު ޝަފީޤެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައެވެ. އެހެންނަމަވެސް އެ މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ އެއްވެ އުޅުމުގެ ޤާނޫނުތަކާއި ޚިލާފަށް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވި ގޮތުގައި، ބާރުގެ ބޭނުންކުރަން ޖެހުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ. އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ ފެއްޓެވި މުޒާހަރާތަކުގައި ފުލުހެއްގެ ލޯމަތި ފަޅާލައި ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށާއި، ނަމަވެސް ފަރުވާ ދިނުމަށްފަހު އެ ފުލުސް މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދާދިފަހުން ކުރީގެ ތިން ރައީސުން ނުކުމެ ޤާނޫނާ ޚިލާފަށް ސަލާމަތީ ބާރުތަކާ ކުރިމަތިލައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާއިރު، މި ތިން ރައީސުންވެސް ދަޢުލަތުން ބޮޑެތި އިނާޔަތްތައް ނަގަމުން މިފަދަ ޢަމަލުތައް ހިންގުމުން އާންމު ރައްޔިތުންގެ ބޮޑު ނުރުހުމެއް އެ ބޭފުޅުންނަށް ވަނީ އަމާޒުވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
minivna61
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި
Screenshot 2026-07-26 at 12.23
ހަތަރު ބޭފުޅަކަށް ދައުލަތުގެ މަތިވެރި އިއްޒަތް އަރުވައިފި
20260726_080529
ސަޢޫދީއިން އިޒްރޭލާއެކު ގުޅުން ޤާއިމުކުރަން 'ވަގުތު ޖެހިއްޖެ'، ނޫނީ ނިއުކްލިއާ އެއްބަސްވުން ނުހަދާނެކަމަށް ޓްރަމްޕް ބުނެފި
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި