Tuesday, 28 July 2026
Ads by

ގިނަ ހަރަކާތްތަކާއެކު ”އަވަށްޓެރި މޫދު މަހާސަމާ“ ކުރިއަށް ގެންގޮސްފި

ގިނަ ހަރަކާތްތަކާއެކު ”އަވަށްޓެރި މޫދު މަހާސަމާ“ ކުރިއަށް ގެންގޮސްފި

ތަފާތު ގިނަ ހަރަކާތްތަކާއެކު ”އަވަށްޓެރި މޫދު މަހާސަމާ“ ކުރިއަށް ގެންގޮސްފިއެވެ. މެއި 16 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 16:30 އަށް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ފޭސް 1 އަކުއަރ އެެރީނާ ވޯޓަރ ޕާކުގައެވެ.

Ad Image
Ads by

ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓާއި ހުޅުމާލެ ފުލުހުންނާއި ފުލުހުންގެ އެހެނިހެން ޑިޕާޓްމަންޓުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި އާންމު ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެ، ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަރަކާތުގައި، ފުލުހުންނާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އަދި މުޖުތަމައުގައި ހިނގާ ކުށްތަކާއި، ނޭދެވޭ ކަންކަމާ ގުޅޭގޮތުން، ހުޅުވާލެވިފައިވާ އެކުވެރި މާހައުލެއްގައި މައުލޫމާތު ހިއްސާކޮށްފައިވާކަމަށާއި، އަދި ކުޑަކުދިންނަށް ފުލުހުންގެ ފަރާތުން މުޖުތަމައުގައި ރައްކާތެރިކަން ލިބިފައިވާކަން އަންގައިދިނުމާއެކު، ފުލުހުންނަކީ އެކުވެރިކަމާއި އޯގާތެރިކަމާއެކު ކުދިންނަށް ރައްކާތެރިކަން ގާއިމުކޮށްދޭނެ ބައެއްކަން އުފާވެރި މާހައުލެއްގެ ތެރެއިން އެ ކުދިންނަށްް އަންގައިދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މި ހަރަކާތުގައި، ކުޑަކުދިންނާއި އާއިލާތައް އެކުގައި ބައިވެރިވެވޭނެ ފަދަ، މޫދާއި އެއްގަމުގެ ތަފާތު ކުޅިވަރުތަކާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމާއި ހާއްސަ ގޮތެއްގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ ގޮތް ކުޑަކުދިންނަށް ކިޔައިދީފައިވެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވި ކުދިންގެ ތެރެއިން ގުރުއަތުން ހޮވުނު ކުދިންނަށް ގިފްޓް ވައުޗަރ ހަވާލުކޮށްފައިވެއެވެ. އަދި ކާމިޔާބުކަމާއެކު މި ހަރަކާތް ކުރިއަށް ގެންދިއުމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ދީފައިވެއެވެ.

ގިނަ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ ”އަވަށްޓެރި މޫދު މަހާސަމާ“

މި ހަރަކާތް ކާމިޔާބުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވެސް ފުލުހުންގެ ޚިދުމަތުން ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.

ފުލުހުން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ރައްކާތެރި މާހައުލެއްގައި ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު އާއިލާތަކަށް ލިބިގެންދިއުމުގެ އިތުރުން  ފުލުހުންނާއި އާންމު ރައްޔިތުންނާއި އެހެނިހެން ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ވެސް މަގުފަހިވެގެންދާ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ހަރަކާތަކީ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށް، އެއްބަޔަކު އަނެއްބަޔަކަށް ދެކެފަރިތަވެ އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި އުފާވެރި މާހައުލެއްގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ މަގުފަހިކޮށްދިނުމަށް ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_6726
ނ. އަތޮޅުގެ ސަރުކާރު އިދާރާއަކަށް މަސްތުވާތަކެތި ވައްދަން އުޅުނު މީހަކު ހައްޔަރުކޮށްފި
e7f10169-da01-46fd-b146-3c8c188fa080
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ އާ ޖާގައެއް ހުޅުވައިފި
IMG_6708
ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއު: ބޮޑުބުރުގެ ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތް އާރްޑީސީން ބާރަށް ކުރިއަށް
20260728_162101
އީރާނާއެކު "ފުން މަޝްވަރާތަކެއް" ކުރިއަށް އެބަދޭ، ނަމަވެސް ވަގުތު ކުޑަތަންވެއްޖެ: ޓްރަމްޕު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
20260724_192202
އެމެރިކާއިން 13 ވަނަ ރެޔަށް އީރާނަށް ބޮންއެޅުން: ދުވަހަކުވެސް ނުދޭފަދަ "ބޮޑު ޙަމަލާއެއް" ދޭންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
dhivehi dr
އައިޖީއެމްއެޗާއި ދަރުމަވަންތައަށް މިއަހަރު އަލަށް 16 ދިވެހި ޑޮކްޓަރުން ގުޅިއްޖެ
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
shoppingmall
ރާއްޖޭގައި ބޮޑު ޝޮޕިންގ މޯލެއް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
20260724_192202
އެމެރިކާއިން 13 ވަނަ ރެޔަށް އީރާނަށް ބޮންއެޅުން: ދުވަހަކުވެސް ނުދޭފަދަ "ބޮޑު ޙަމަލާއެއް" ދޭންޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
dhivehi dr
އައިޖީއެމްއެޗާއި ދަރުމަވަންތައަށް މިއަހަރު އަލަށް 16 ދިވެހި ޑޮކްޓަރުން ގުޅިއްޖެ