Ads by
ޚަބަރު
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޞާލިޙް ހދ. އަތޮޅަށް 

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ޞާލިޙް، މިއަދު ހދ. އަތޮޅަށް ފުރާވަޑައިގަންނަވައިފިއެވެ.

Ads by Eki Online

މި ދަތުރުފުޅުގައި ރައީސްގެ އިތުރުން، މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމްޑީޕީގެ އިސްވެރިން ވެސް މި ދަތުރުފުޅުގައި ރައީސާއެކު ވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހު ހޯއްދެވީ ޖެނުއަރީ މަހު ބޭއްވުނު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލިކުރެއްވުމަށްފަހުއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް އެއްމެ ގިނަ ރަށްތަކަށް ވަޑައިގެންނެވި ކެނޑިޑޭޓަކީ ރައީސް ޞާލިޙެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *