Ads by
ޚަބަރު
އަޅުގަނޑުގެ ވެރިކަމެއްގައި އާސަންދަ އުވާލާނަން: ފާރިސް

އާސަންދައަކީ ކޮރަޕްޝަންގެ ހާއްޔެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އާސަންދަ އުވާލާނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޭ “ސަންގު ޓީވީ” އިން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ފާރިސް ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް އާސަންދަ ވެފައި އޮންނަނީ، އެ ސަރުކާރެއްގެ ތާއީދު ހޯދުމަށް ގެންގުޅޭ ތަނަކަށް ކަމަށެވެ. އަދި “އާސަންދައަކީ ކޮރަޕްޝަންގެ ހާއްޔެއް. އެތަން އުވާލާނަން” ކަމަށް ފާރިސް ވިިދާޅުުުވިއެވެ.

އަދި މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން ކަމަށާއި ޖިނާޢީ ޢަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި ނަމަވެސް އެއްވެސް ސަރުކާރަކަށް އެ ކަން ބަދަލު ނުކުރެވުނު ކަމަށް ފާރިސް ވިދާޅުވިއެވެ.

” ވެރިކަމަށް ވަޑައިގަންނަވައިފި ނަމަ ކޯޓުތައް މިނިވަން ކުރާނަން. އަދި، ސިޔާސީ ނުފޫޒުން ޝަރުޢީ ނިޒާމު މިނިވަން ކުރާނަން. ދިވެހީންނަކީ ސިޔާސީ ބޭފުޅުންގެ ޝޯކޭސް ބަލަން ތިބި ބައެއް ނޫން” ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް އާސަންދަ ވެފައި އޮންނަނީ، އެ ސަރުކާރެއްގެ ތާއީދު ހޯދުމަށް ގެންގުޅޭ ތަނަކަށް ކަމަށެވެ. އަދި “އާސަންދައަކީ ކޮރަޕްޝަންގެ ހާއްޔެއް. އެތަން އުވާލާނަން” ކަމަށް ފާރިސް ވިިދާޅުުުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *