ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ޓެލެގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔޫކްރޭނުގެ ކަރްކޯވް ސަރަހައްދުގައި ހިމެނޭ ބޮރޯވާ އަދި ކުޓްކިވްކާ އަވަށް ވަނީ ރަޝިޔާ ސިފައިން ހިފާފައެވެ.
މީގެ އިތުރުން ހުކުރު ދުވަހު ރަޝިޔާއިން ބުނެފައިވަނީ ކަރްކޯވް ސަރަހައްދުގައި ޗައިކިވްކާ އަވަށާއި، ޒަޕޮރީޒިއާ ރީޖަންގެ ޗާރިވްނޭ އަވަށް ވެސް އެގައުމުގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި ބަޔާންތަކާ ގުޅިގެން ޔޫކްރޭނުން އަދި އެއްޗެއް ބުނެފައިނުވާއިރު، ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިކަންކަން މުސްތަގިއްލު ފަރާތްތަކުން ކަށަވަރުކުރުން ވަނީ ދަތިވެފައެވެ.











