Saturday, 24 October 2026
Ads by

އަދީބަށް ލުއިދިނުމަކުން ރައްޔިތުން ގާތުން މާފަށް އެދޭކަށް ނުޖެހޭ، އެކަންކުރީ ގާނޫނީ އިމުގެ ތެރެއިން: ސޯލިހު

އަދީބަށް ލުއިދިނުމަކުން ރައްޔިތުން ގާތުން މާފަށް އެދޭކަށް ނުޖެހޭ، އެކަންކުރީ ގާނޫނީ އިމުގެ ތެރެއިން: ސޯލިހު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޖަލު ހުކުމް ލުއިކޮށްދީ، ބަންދުން ދޫކޮށްލުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ދިފާއު ކުރައްވައިފި އެވެ.

Ad Image
Ads by

އަދީބާއި ޒިޔަތުގެ ހުކުމް ލުއިކޮށް އަދި ބަންދުން ދޫކޮށްލީ ސޯލިހުގެ ވެރިކަމުގެ ދައުރު އެންމެ ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބޫ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން އަމާޒުވި ސުވާލަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ އަދަބަށް ލުއި ހޯދުމަށް ރައީސުންނާ ހަމައަށް ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލައެއް އައުމުން ބަލަނީ ގާނޫނީ ގޮތުން އެ ފުރުސަތު އެ މީހަކަށް ދެވެން އޮތްތޯ ކަމަށާއި އަދީބާ މެދުވެސް އަމަލުކުރެއްވީ އެ ބީދައިން ކަމަށެވެ.

”އަދީބަށް ވެސް ދިން ލުޔަކީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުން ލިބޭ ފުރުސަތުގެ ދަށުން ދީފައި އޮތް ލުޔެއް،“ ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ، އެމަނިކުފާނު ލުއި ދެއްވީ އަދީބުގެ ޖިނާއީ މައްސަލަތަކަށް ކަމަށާއި މަދަނީ މައްސަލަތައް އަދިވެސް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސޯލިހު ވިދާޅުވީ، އަދީބަށް ލުއި ދިނުމާ ގުޅިގެން ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އޮތް ކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް، ގާނޫނީ އިމުގެ ތެރެއިން މީހަކަށް ދޭން ޖެހޭ ލުޔެއް އެ ވަނީ ލިބިފައި ކަމަށެވެ.

”ދެން އެކަމުގައި އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވިފައިވާ ނަމަ، މާފަށް އެދެންޏާ މާފަށް އެދެންވީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ މާފަށް އެދެންޖެހޭ ވަރު ކަމެއް ނޫން. ތިޔަ ބޭފުޅުންނަށް ދެކޭ ގޮތުގައި އެއީ ގޯސްކަމެއް ކަމަށްވާ ނަމަ، އެކަން އަޅުގަނޑު ބަލައިގަންނަން،“ ސޯލިހު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބަށް އިއްވި 20 އަހަރުގެ ހުކުމް ލުއިވާ ގޮތަށް ހެދި ޕްލީބާގެއިން އެއްބަސްވުމުގެ ދަށުންނެވެ/ ޖަލު އަދަބު ލުއިވުމުގެ އިތުރަށް އެ އެއްބަސްވުމުގައިވާ ގޮތުން، ހިޔާނާތާ ގުޅިގެން އަދީބު ދައްކަން ޖެހެނީ ވެސް ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި