Ads by
ޚަބަރު
އުތުރު ތިލަފަޅަކީ ރާއްޖޭގެ މިލްކެއް, ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކަމެއް އެގްރީމެންޓްގައި ނޯންނާނެ: ރައީސް ޞާލިޙް

އުތުރު ތިލަފަޅަކީ ރާއްޖޭގެ މިލްކެއް ކަމަށާއި އެގްރީމެންޓުގައި ރާއްޖޭގެ ސަލާމަތަަށް ނުރައްކާވާ އެއްވެސް ކަަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by Eki Online

ރޭ “ސަންގު ޓީވީ” އިން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެެއްވެސް ބޭރު ގައުމަކުން އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށެވެ.

އަދި އުތުރުތިލަފަޅަކުގެ އެއްބަސްވުމަކީ އެއްވެސް ނުރައްކަލެއް އޮތް އެއްބަސްވުމެއް ނޫން ކަމަށާއި އެގްރީމެންޓުގައި މައްސަލަ އެއް އޮތް ނަމަ އެކަމެއް ހާމަކުރައްވަން ޖެހޭނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

“އެ ދުވަހަކުވެސް ހާމަ އެއް ނުކުރައްވާ. އެއިން އެއްވެސް އެގްރީމެންޓެއްގައި ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުއޮންނާނެ. އުތުރުތިލަފަޅަކީ ރާއްޖޭގެ މިލްކެއް” ރައީސް ޞާލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ސިފައިން މިލިޓަރީ ނުވަތަ އަސްކަރީ މަސައްކަތެއް ކުރަން ރާއްޖޭގައި ނުތިބޭނެ ކަމަށާއި ސިފައިން ރާއްޖޭގައި ތިބެނީ އެކިކަހަލަ ތަމްރީނުތަކަށް ކަަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *