Sunday, 26 July 2026
Ads by

ތިން ރައީސުންނަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ބޭފުޅުން، ޤައުމަށް ހޯދައިދެވޭނެ މިނިވަންކަމެއް ނެތް: ފަލާހު

ތިން ރައީސުންނަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް ބޭފުޅުން، ޤައުމަށް ހޯދައިދެވޭނެ މިނިވަންކަމެއް ނެތް: ފަލާހު

ކުރީގެ ތިން ރައީސުން ކަމަށްވާ, މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި އިބްރާހިމް މުޙައްމަދު ޞާލިޙް ގުޅިވަޑައިގެން ނެރުއްވި ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ad Image
Ads by

ފަލާހު ވިދާޅުވީ އެ ތިން ބޭފުޅުންނަކީ ވެސް ލަދުހަޔާތުގެ ކަންފުޅެއް ނެތް ބޭފުޅުން ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާށޭ ކިޔާފައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފެނިގެންދިޔައީ ނޫސްވެރިންނަށް ސުވާލު ކުރަން ޖެހުނީ އެ ބޭފުޅުން އެދޭ ގޮތަށް ކަމަށެވެ. އެ ނޫން ގޮތަކަށް ސުވާލު ކުރުމުން ހުއްޓުވާލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތިން ރައީސުންގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ނޫސްވެރިޔާ ރިލްވާނާއި ޔާމީން ރަޝީދު މަރާލި ވާހަކަ ދެއްކުމުން ގޯސްވި ކަމަށާއި، ރައީސް ޞާލިޙްގެ ވެރިކަމުގައި އެ މަރުތަކުގެ ތަހުގީގު ނުކުރި ވާހަކަ ބުނުމުން ވެސް ގޯސްވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ދުވަސްވަރު ޢަބްދުﷲ ގާޒީ ހައްޔަރުކުރި ވާހަކަ ދެއްކުމަކީ ވެސް އެ ބޭފުޅުންނަށް ގޯސް ކަމަކަށް ވީއިރު، ދެން އެ ބޭފުޅުންނަށް ގައުމަށް ހޯދައިދެވޭނީ ކޮން މިނިވަންކަމެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އެ ތިން ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ލިޔުމުގައި ޝަރުޢީ ދާއިރާއާއި މަޖިލީހުގެ މިނިވަންކަމާއި، އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި ކޮރަޕްޝަން ނައްތާލުމުގެ ވާހަކަ އޮތުމުން ހިނި އަންނަ ކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވަނީ ކޮންމެ ބޭފުޅެއްގެ ވެރިކަމުގައި ހިންގާފައިވާ ކަންކަން ތަފްސީލުކޮށް ދެއްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުކުރައްވައި ފަލާހު ވިދާޅުވީ، ގާޒީއަކު ”ވަގަށް ނަގައިގެން“ ޖަލަށްލައި، ކޯޓުތަކުގައި ތަޅުއަޅުވައި، ކޯޓުތައް އަންދާލީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އަދި ރަހުމަތްތެރިންނަށް ފަޅުރަށްތައް ބަހާލުމާއި، އެމްއެންބީސީ އާއި ސާކް ސަމިޓްގެ ވައްކަންތައް ފެންނަން ހުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީނާ ގުޅޭގޮތުން ވިދާޅުވީ، ކޯޓުގެ ޓިނު ނަގައި ގާޒީންނަށް ބިރުދައްކައި، ދައުލަތުން ވައްކަން ކުރި ކަމަށެވެ. އަދި 12 މެންބަރުން ވަކިކޮށް މަޖިލިސް ހިސޯރުކޮށް، ނޫސްވެރިންގެ އަނގަމަތީގައި ”ޓޭޕް“ އެޅުވި ކަމަށާއި، އަމިއްލަ ބޭބޭފުޅު ހިމެނޭހެން އެތައް ބަޔަކު ނުހައްގުން ޖަލަށްލައި އަނިޔާކުރި ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.

ކުރީގެ ރައީސް ޞާލިޙްގެ ވެރިކަމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، ގައުމު 60 ބިލިއަން ރުފިޔާއިން ދަރުވާލައި، ދަރަނި ދަންތުރައެއްގައި ޖެއްސީ އެމަނިކުފާނު ކަމަށެވެ. އަދި ”ނޭވާހޮޅިން ވައްކަން“ ކުރުމާއި، ބަދަލުގެ ގޮތުގައި 2 ބިލިއަން ރުފިޔާގެ ވައްކަން ހިންގައި، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ބެންޗާއި ހައިކޯޓުގެ ގާޒީން ވަކިކޮށް، ރާއްޖޭގެ ދެކުނު ކަނޑުން ބައެއް ”ވިއްކާލައި“ ފޯޅަވަހި ދޫކޮށްލީ ވެސް އެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ ވެރިކަމުގެ އާރާއި ބާރު ލިބުމުން ކަންކުރި ގޮތުގެ ކުޑަ މިންވަރެއް. ދެން މި މީހުން ގައުމާއި ރައްޔިތުންނަށް ހެއު އެދޭނެ މިންވަރު ވިސްނާލައްވާ. އޮތީ ހުސް އަމިއްލަ އެދުން،“ ފަލާހު ވިދާޅުވިއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި