Sunday, 26 July 2026
Ads by

”ނޫސްވެރިންގެ ހައްގުގައި“ ބޭއްވި ޖަލްސާގައި ނޫސްވެެރިއަކަށް ފުރައްސާރަކޮށްފި

”ނޫސްވެރިންގެ ހައްގުގައި“ ބޭއްވި ޖަލްސާގައި ނޫސްވެެރިއަކަށް ފުރައްސާރަކޮށްފި

ޑރ. ޖަމީލާއި ޒިޔާދު ނޫސްވެރިޔާއަށް ފުރައްސާރަ ކުރާ މަންޒަރު---

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިސް ބޭފުޅެއް ކަމަށްވާ ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ނޫސްވެރިޔަކަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ad Image
Ads by

މި ހާދިސާ ހިނގާފައިވަނީ ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން އިބްރާހިމް މުޙައްމަދު ޞާލިޙު، ”ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް“ ކަމަށް ވިދާޅުވެ، މަސައްކަތް ކުރައްވަން ނިންމަވައި އެކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. ޑރ. ޖަމީލުގެ ފުރައްސާރައާ ކުރިމަތިވެފައިވަނީ ”އެކި އެމްވީ“ ގެ ނޫސްވެރިއަކަށެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީނަށް އަމާޒުކޮށް ދެ ސުވާލެއް ކޮށްލަން ބޭނުން ކަމަށް ބުނެ އެ ނޫސްވެރިޔާ ވަނީ ޔާމީނަށް ޖަވާބުދޭން އުނދަގޫވާނެ ފަދަ ސުވާލެއް އެމަނިކުފާނާ ކުރިމަތިކޮށްފައެވެ. އެ ނޫސްވެރިޔާ ޔާމީނަށް ކުރިމަތި ކުރި ސުވާލަކީ، ”މި ހުރިހާ ދުވަހު ރައީސް ޔާމީން ރައްޔިތުން ގާތު ވިދާޅުވަމުން ގެންދެވީ މަނިކުފާނަކީ ގައުމީ ފިކުރަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް، އަދި އެމްޑީޕީއަކީ ގައުމަށް ގައްދާރުވީ ޕާޓީއެއް ކަމަށާއި ގައުމު އަޅުވެތި ކުރި ބައެއް ކަމަށް، އަދި އެމްޑީޕީން އިންޑިއާއަށް ގައުމު ވިއްކާލި ކަމަށް ވެސް ވިދާޅުވެފައިވޭ، އެ ދުވަހު މަނިކުފާނު ހެއްދެވީ އިތުރުފުޅެއްތޯ؟ ނުވަތަ އިންޑިއާގެ އަޅުވެތި ކަމަށް ގައުމު ދުއްވާލުމުގައި މަނިކުފާނުގެ ހިއްސާއެއް އޮތީތޯ؟ އެހެންވީމަ މިރެއިން ފެށިގެން ރައީސް ޔާމީނަކީ ގައްދާރެއް ކަމަށް އަޅުގަނޑުމެންނަށް ބުނެވިދާނެތޯ؟.

މި ސުވާލަށްފަހު، ނޫސްވެރިޔާ އިތުރަށް ކޮށްފާނެ ސުވާލަކާ މެދު ބިރުން އެތަނުގައި ތިބި ފަރާތްތަކުގެ ތެރެއިން މުޙައްމަދު ޒިޔާދު (ޒިޔައްޓޭ) ވަނީ ބާރުގެ ބޭނުންކޮށް ނޫސްވެރިޔާގެ ގައިގައި ގަދަކަމުން އަތްލައި، މައިކު އަތުލައިފައެވެ. މި މަންޒަރު ވަނީ ލައިވްކޮށް ބްރޯޑްކާސްޓް ވެސް ކޮށްފައެވެ. ޖަމީލާއި ޒިޔައްޓޭގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އެ ދެމީހުންނަށް އަމާޒުވެފައިވާއިރު، ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށް ބުނެ ނުކުތް މީހުންގެ ފެންވަރަކީ މިއީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ނޫސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށް ވިދާޅުވެ، އެކުގައި މަސައްކަތް ކުރައްވަން ކުރީގެ ތިން ރައީސުން ނިންމަވާފައިވާ މި ދަނޑިވަޅުގައި، މާޒީގެ ސަފުހާތަކަށް ނަޒަރު ހިންގާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މި ތިން ރައީސުންނަކީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ޖަލަށްލައި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އެކި ކަހަލަ ސީރިއަސް ތުހުމަތުތަކެއް ކުރެއްވި ބޭފުޅުންނެވެ. އަދި މި ބޭފުޅުންގެ ވެރިކަންތަކަކީ ނޫސްވެރިކަމުގެ ދާއިރާގެ އެންމެ ކަޅު ދުވަސްތައް ކަމަށް މިއަދު ވެސް ގިނަ ނޫސްވެރިން އަންނަނީ ބުނަމުންނެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި