Sunday, 26 July 2026
Ads by

3 ރައީސުންގެ ބަޔާން: ކޯޓުއަމުރާ ޚިލާފުވެގެން ޖަލުގައި ތިބި 2 ނޫސްވެރިންނާ، ޤާނޫނާ ޚިލާފަށް މުޒާހަރާކުރި މީހުން ދޫކޮށްލާ

3 ރައީސުންގެ ބަޔާން: ކޯޓުއަމުރާ ޚިލާފުވެގެން ޖަލުގައި ތިބި 2 ނޫސްވެރިންނާ، ޤާނޫނާ ޚިލާފަށް މުޒާހަރާކުރި މީހުން ދޫކޮށްލާ

ދިވެހިރާއްޖޭގެ ތިން ކުރީގެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ގައުމުގެ ހާލަތު އިސްލާހުކުރުމަށްކަމަށްބުނެ މަގުމަތިން ސަރުކާރު ވައްޓާލުމުގެ މަސައްކަތް ކުރުމަށް ރަސްމީކޮށް އެއްބަސްވެއްޖެއެވެ. މި ތިން ބޭފުޅުން ސޮއިކުރައްވައި ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، މިހާރުގެ ސަރުކާރުން ގައުމު ހިންގަމުންދާ ގޮތާމެދު ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފައެވެ.

Ad Image
Ads by

ތިން ރައީސުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް ފާޅުގައި އަރައިގަންނަމުން ކަމަށެވެ. އެގޮތުން ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުސްތަޤިއްލު މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތަކާ ގުޅޭގޮތުން ބަޔާނުގައި ފާހަގަކޮށްފައިވަނީ، ސަރުކާރުން ނޫސްވެރިން ޖަލަށްލައި، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިޤްތިޞާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލިފައިވާއިރު، ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ދިވެހިން އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދާކަން ފާހަގަކޮށް، ގައުމު އަލުން ހަމަމަގަށް އެޅުވުމަށް ތިން ރައީސުން ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް މި އެއްބަސްވުމުގެ ދަށުން ވަނީ ނިންމާފައެވެ.

ބަޔާން ނިންމާލަމުން ތިން ރައީސުން ވަނީ ކޯޓު އަމުރާ ގަސްދުގައި ޚިލާފުވެގެން ޖަލު ޙުކުމުގައިތިބި 2 ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ޤާނޫނު އަސާސީ އާއި ޚިލާފަށް މުޒާހަރާކޮށްގެން ބަންދުކުރި ހުރިހާ ފަރާތްތަކެއް މިނިވަންކުރުމަށް ގޮވާލާފައެވެ. އަދި ނޫސްވެރިންގެ މައްޗަށް ހިންގަމުންދާ ޤާނޫނީ ޝަރީޢަތްތައް ވަގުތުން ހުއްޓާލުމަށްވެސް ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި