Sunday, 26 July 2026
Ads by

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފި

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފި

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.

Ad Image
Ads by

މިއަދު ހަވީރު 15:25 ގައި ސައުދީ އެއާލައިނުގެ ފްލައިޓެއްގައި ފުރި މި ގުރޫޕުގައި ޖުމްލަ 235 ޙައްޖުވެރިން ހިމެނެއެވެ. ޙައްޖުވެރިން ފުރުމަށްޓަކައި މިއަދު ހެނދުނުން ފެށިގެން ޚާއްސަ ބަސްތަކުގައި އެއަރޕޯޓަށް ދިއުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޙައްޖުވެރިން ފުރަން ފަށާފައިވާއިރު، ކުރިއަށް އޮތް އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުވެސް އިތުރު ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ޙައްޖުވެރިން ގޮވައިގެން އަންނަ ބަސްތައް މަޑުކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، ޙައްޖާޖީންނަށް ލުއިފަސޭހަކަމާއެކު ފުރޭނެ އިންތިޒާމުތައް ވަނީ ފުރިހަމަކޮށްފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މައުލޫމާތު ދެއްވި ގޮތުގައި، ދިވެހި ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން އެ ތަނުގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ޙައްޖު ކޯޕަރޭޝަނުން ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ޙައްޖުވެރިން ތިބޭނެ ހޮޓަލުގެ އިންތިޒާމުތަކާއި، އެތެރޭގެ ދަތުރުފަތުރާއި، މިނާ އަދި ޢަރަފާތުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ހިމެނެއެވެ. ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ ޙައްޖު މިޝަނުން މި ކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަހަރުވެސް ރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 1,000 ޙައްޖު ކޯޓާއެވެ. މީގެ ކުރީ އަހަރުތަކާ ޚިލާފަށް، މިއަހަރު ހުރިހާ ކޯޓާއެއްގެ އިންތިޒާމުތައް ބަލަހައްޓަނީ ސަރުކާރުގެ ޙައްޖު ކުންފުނި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. އަދި މިއަހަރުގެ ޙައްޖުވެރިންވެސް ދަތުރުކުރަނީ ”މައްކާ ރޫޓު އިނީޝިއޭޓިވް“ ގެ ދަށުން، ލުއިފަސޭހަ އިންތިޒާމުތަކަކާއެކުގައެވެ“

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260725_190027
އީރާނަށް ހަތިޔާރާއި އިންޓެލިޖެންސް ނުދިނުމަށް ރަޝިޔާއާއި ޗައިނާއަށް ޓްރަމްޕް އިންޒާރުދީފި
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި