Saturday, 24 October 2026
Ads by

އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާއިން ތެލާއި ޑީސަލް ހުސްވެއްޖެ

އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިއުބާއިން ތެލާއި ޑީސަލް ހުސްވެއްޖެ

ކިއުބާގެ ވެރިރަށް ހަވާނާގައި ޕްޓްރޯލް ޝެޑެއް ކައިރިން އިލެކްޓްރިކް ޓްރައިސިކަލެއް ދަނީ (ފޮޓޯ: ރޮއިޓާސް)

ކިއުބާގެ ޑީސަލް އަދި ފިއުލް އޮއިލްގެ ރިޒާވް އެއްކޮށް ހުސްވެއްޖެކަން އެ ގައުމުގެ އެނާޖީ މިނިސްޓަރު ވިސެންޓޭ ޑި ލާ އޯ ލެވީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އިޢުލާން ކޮށްފިއެވެ. މި އިޢުލާނާ ގުޅިގެން ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވެރިރަށް ހަވާނާގައި ވަނީ ވަރުގަދަ މުޒާހަރާތަކެއް ފެށިފައެވެ.

Ad Image
Ads by

މިނިސްޓަރުގެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ، ވެރިރަށުގެ ބައެއް ސަރަހައްދުތަކުން ދުވާލަކު 20 އާއި 22 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑެމުންދާ ކަމަށެވެ.

ކިއުބާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދެމުންދިޔަ މެކްސިކޯ އަދި ވެނެޒުއޭލާއިން ވެސް، މިއަހަރުގެ  ޖެނުއަރީ މަހުގައި ރައީސް ޓުރަމްޕު ނެރުނު އެގްޒެކެޓިވް އޯޑަރަށް ފަހު ކިއުބާއަށް ތެޔޮ ފޮނުވުން ވަނީ ހުއްޓާލާފައެވެ. އެ އަމުރުގައި ވަނީ ކިއުބާއަށް ތެޔޮ ފޮނުވާ ކޮންމެ ޤައުމަކަށް ޓެރިފް އިމްޕޯޓް ޑިއުޓީ ބޮޑުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

މިދިޔަ ހަފުތާގައި އަލިފްދާލުން ވަނީ މި ތެލުގެ ދަތިކުރުމުގެ ފިޔަވަޅަކީ ޣައިރުގާނޫނީ ފިޔަވަޅެއް ކަމަށް ބުނެފައެވެ. އަދި މީގެ ސަބަބުން ”ކިއުބާގެ ރައްޔިތުންގެ ތަރައްގީވުމުގެ ހައްގަށް ހުރަސްއެޅި، ކާބޯތަކެއްޗާއި، ތަޢުލީމާއި، ސިއްހަތާއި، އަދި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ހޯދުމުގެ ހައްގުތަކަށް އުނިކަން އަންނަމުންދާ“ ކަމަށް ވެސް އަލިފުދާލުން ފާހަގަކޮށްފައިވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
B8ACBF86-F51B-4087-BBDA-E5E91A74DE82
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ކޯސް އިފުތިތާޙުކޮށްފި
20261024_135936
1967 ގެ ފަހުން ހިންގާ އެންމެ ބޮޑު އަސްކަރީ އޮޕަރޭޝަން ވެސްޓު ބޭންކުގައި އިޒްރޭލުން ފަށައި، ޚަލީލް ސިޓީ ޙިޞާރުކޮށްފި
jinseegoanaa
ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުނުކުރުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Ads by
މަގުބޫލު
untitled-design-2026-10-23t182159
ކޮމްޕިއުޓަރު ފޮންޓެއް ފަދަ ރީތި އަތުލިޔުމެއްގެ ސަބަބުން ނޭޕާލު ދަރިވަރަކު ދުނިޔޭގެ ސަމާލުކަމަށް
Breaking news
އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތެރެއިން ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާކުރިކަން ފަޅާއަރައިފި
gulfnews-2026-10-15-d0yqmjql-saudi-flag
މައްކާގައި ބަންގްލަދޭޝްގެ ދެ މީހަކަށް މަރުގެ އަދަބު ދިން މައްސަލައިގައި ސައުދީ ސަފީރު ހާޒިރުކޮށްފި
20261019_202447
ޤަޠަރުގެ އިންޒާރު: ދުނިޔެ މިހާރު މި އޮތީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރަތަމަ އަހަރުގައި