Wednesday, 9 September 2026
Ads by

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ الله ގެ ޙަޟުރަތުގައި އެންމެ މާތް ދުވަސްތައް، ހެޔޮ އަމަލުކުރުން ގިނަކުރޭ!

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ الله ގެ ޙަޟުރަތުގައި އެންމެ މާތް ދުވަސްތައް، ހެޔޮ އަމަލުކުރުން ގިނަކުރޭ!

އިސްލާމީ މަރުކަޒު---

ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ މާތްالله ގެ ޙަޟުރަތުގައި އެންމެ މާތް ދުވަސްތައް ކަމަށާއި އެހެންކަމުން، އެ ދުވަސްތަކުގައި ހެޔޮ އަމަލުތައްކުރުން ގިނަކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

Ad Image
Ads by

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، އަހަރެމެންގެ މި ކުރު ހަޔާތުގައި ހެޔޮ ކަމުގެ މޫސުންތައް، ގިނަގުނަ ސަވާބާއި ދަރުމަ ލިބޭނޭހެން، ތަކުރާރުވާ ގޮތެއްގައި މާތްﷲ ލައްވާފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަހުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެއް ކަމަށެވެ. އެގޮތުން ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައި ނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތައް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

މި ދުވަސްތަކަކީ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ އަދި ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަށް ވަނީ އެންމެހައި މަތިވެރި ހެޔޮ އަމަލުތައް އޭގެ ތެރޭގައި ނަމާދާއި، ރޯދައާއި، ޞަދަޤާތުގެ އިތުރުން ޙައްޖުގެ މަތިވެރި އަޅުކަން އެ ދުވަސްތަކުގައި ޖަމާވާތީ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ކަން މިހެން އޮތް އިރު މި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ހެޔޮ އަމަލުތައް ގިނަ ކުރަން ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައެވެ.

މި ދުވަސްތަކުގައި ކުރެވޭނެ ހެޔޮ އަމަލުތަކަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނެފައިވަނީ، ޛުލްޙިއްޖާ މަހުގެ ނުވަވަނަ ދުވަހު ހިފާ ރޯދައިގެ ދަރުމައާއި ސަވާބާއި ދަރުމަ އިތުރުވެގެންވާ ކަމަށާއި، ސަބަބަކީ އެ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވާނެ ރޯދައެއް ކަމަށްވާތީ ކަމަށް ހުކުރު ޚުޠުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު، ޒިކުރުކޮށް، މާތްﷲ ހަނދުމަކޮށް ތަކުބީރުކިޔައި އުޅުމަކީ މާތް ރަސޫލާގެ ސުންނަތުން ސާބިތުވާ މަތިވެރި އަޅުކަމެއް ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އެގޮތުން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ އިރުއޮއްސުމާއި ހަމައަށް މީހުން ދިރިއުޅޭ ގެތަކާއި މަގުތަކާއި އަދި ބާޒާރުމަތީގައި އަޑުހަރުކޮށް ތަކުބީރު ކިޔުމުގެ މާތްކަމުގެ މައްޗަށް ޚުޠުބާގައި އަލިއަޅުވާލިއެވެ.

މީގެ އިތުރުން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހު ޢީދު ނަމާދުގެ ފަހުން ފެށިގެން އިރުއޮއްސުމުގެ ކުރިން އުޟުހިޔާ ކަތިލުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، މިކަމަކީ ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަދަވެގެންވާ ސުންނަތެއް ކަމަށެވެ. އުޟުހިޔާގެ ގޮތުގައި ކަތިލެވޭނީ، ގެރި ބަކަރި ޖަމަލުގެ އިތުރުން ނަޢަމްސޫފީގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެެ.

މި ދުވަސްތަކުގައި ނަމާދުކުރުމާއި ޤުރްއާން ކިޔެވުން ފަދަ އަޅުކަންތަކުގައި މަސްއޫލުވުމަށާއި، ނަހީކުރައްވާފައިވާ ފާފަތަކާއި ދުރުހެލިވެ، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމަތްކުރުމާއި، ފުރައްސާރަކުރުމާއި، ބާތިލު ވާހަކަތައްދެއްކުމާއި ފިތުނަ ފަސާދައުފެއްދުން ފަދަ އެންމެހައި ނުބައި އަމަލަކުން ދުރުހެލިިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
20260909_161041
ސްވިޒަލޭންޑުގެ ރިޓޮމް ހައިޑްރޯއެލެކްޓްރިކް ޕަވަރ ސްޓޭޝަނުގައި ގޮވުމެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
20260909_135533
އިންޑިއާގެ ސަހަރަންޕޫރުގައި ތާރީޚީ މިސްކިތެއް ތަަޅާލުމާ ދެކޮޅަށް އަޑުއުފުލި މުސްލިމް އެކްޓިވިސްޓް ހުދާ ޒަރީވާލާ ހައްޔަރުކޮށްފި
DSC_1088
މާލޭގައި 2 ޕާކިންގ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަނީ
Screenshot 2026-09-09 103000
އެމެރިކާ އާއި އީރާނުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއެކު ތެލުގެ އަގު 100 ޑޮލަރާ ދިމާލަށް!
Ads by
މަގުބޫލު
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި
IMG_8532
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 3 މީހުންގެ ތެރޭގައި "އަދަދު" ނޫހުގެ ޕްރެޒެންޓަރެއް!
IMG_20260908_215724_588
އަދަދު ނޫހުގެ ނޫސްވެރިއަކު މަސްތުޕާޓީ ކުރުން އެއީ އަމިއްލަ ކަމެއް: ފިޔާޒު
Screenshot 2026-09-01 at 14.22
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
20260907_055050
އެމެރިކާއިން ތެޔޮ މަނަވަރުތައް ހަލާކުކޮށްލުމުން، އީރާނުން އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ބޯޓަށް ޙަމަލާދީފި