Sunday, 26 July 2026
Ads by

ރައީސްގެ ރައްދު ޔާމީނަށް: ކިތަންމެ ތަރައްގީއެއް ގެނަޔަސް ގައުމުގައި އޭރު އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން

ރައީސްގެ ރައްދު ޔާމީނަށް: ކިތަންމެ ތަރައްގީއެއް ގެނަޔަސް ގައުމުގައި އޭރު އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވި ކަމަށާއި ނަމަވެސް، އެ ދުވަސްވަރު ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔާމީނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

Ad Image
Ads by

ވެރިކަން ކުރާ ޕާޓީ ޕީއެންސީން ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މާޒީގައި ވެގެންދިޔަ ކަންކަމަކީ ނުވާ ކަމަކަށް ނުވާނެ ކަމަށާއި ކުޑަކުޑަކޮށް މާޒީގެ ސަފުހާތައް ނިއުޅުވާލާއިރު ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ހަގީގަތް ފެންނަން އެބަހުރި ކަމަށެވެ. އަދި މީގެ ކުރިން މީހަކު ކިރިޔާ ވެސް އެއްޗެއް ބުނާއިރަށް ޖަލަށްލީ ދުވަސް ވެސް މާޒީވެ ގޮސްފި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ހިންގި. އަޅުގަނޑު މިއީ އޭގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ހުރި އެކަކު. ދެން މިތާ އެބަތިބި ބައެއް ވަޒީރުން އެ ޒިންމާގައި ބައިވަރު އިހުލާސްތެރި މަސައްކަތްކުރެއްވި. އެކަމަކު ތަރައްގީ ކުރިއަސް ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި. އެއީ ގައުމު ވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމާ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭވެފައި،“ ރައީސް ވިދާޅުވިއެވެ.

އަދިހަމައެހެންމެ، ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަން އޮތް މިންވަރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އޭރު އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލަކަށް އޮތީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލަ ކަމަށާއި ނަމަވެސް، މިދިޔަ އެމްޑީޕީ ސަރުކާރަށް އެ މައްސަލަ ނުބެލުނު ކަމަށެވެ. ކޮރަޕްޝަން ނައްތާލާނާމޭ ބުނަމުންދިޔަ ނަމަވެސް، އެމްއެމްޕީއާރުސީގެ ވައްކަމުގައި އެންމެ އިސްކޮށް ތިބި މީހުން މިދިޔަ ސަރުކާރުން ދޫކޮށްލީ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރައްވާނީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށާއި، މި މަސައްކަތުގައި ސަރުކާރު އޮތީ ވަރަށް އެކުވެރިކަމާއެކު، ވަރަށް ބަދަހިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ކޮރަޕްޝަންގެ އަމަލު ހިންގަން ހިތަށް އަރާ ބޭފުޅަކު ހުންނެވިނަމަ ގާތުގައި ބަަސްކިޔަން ނުހުރެ ދުރަށްޖެހުމަށް ވެސް އެދިވަޑައިގެންފައެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
IMG_7938
މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
20260725_191640
އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާ އާއި ޑިމާންޑުތަކަަށް ސަރުކާރުން އެއްބަސްވުމުން އިންޑިޔާގެ 'ކޮކްރޯޗް' މުޒާހަރާތައް ނިންމާލައިފި
HOEX3dFbUAAEIW5
ބޮޑުތަކުރުފާނުމަގުގެ ބިޔަ މަޝްރޫޢު އެއްކޮށް ނޮވެމްބަރަށް ނިންމާލެވޭނެ: ރައީސް
mundhu shareef
ތިޔަބޭފުޅުން ކުރެހުމުގައި ދެމިތިއްބަވާ، އަޅުގަނޑުމެން ދެމިތިބޭނީ ތަންފީޒުކުރުމުގައި: މުންދު
Ads by
މަގުބޫލު
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި
shehenaaz
ހެލްތު މިނިސްޓްރީގެ ހުއްދަނެތި ޝެހެނާޒް އާއި ރުހުޝާ ބަރުދަން ލުއިކުރާ ބޭހެއް ވިއްކަނީ
20260720_221626
އީރާނުގެ ބަނދަރުތައް އެމެރިކާ ކަނޑުގެ ސިފައިން އެއްކޮށް ބަންދުކޮށްފި، 7 ވިޔަފާރި ބޯޓެއް ހިފަހައްޓައިފި
730536~2
އީރާނުން އުރުދުންގެ އަޤަބާއަށް ދިން މިސައިލް ޙަމަލާތަކެއް އިޒްރޭލު ބޯޑަރު މަތިން ވައްޓާލައިފި
20260721_132406
އީރާނުން ކުވައިތުގައި ހުރި އެމެރިކާގެ 'ހައިމާސް' ނިޒާމުތަކަށާއި ފެން ކާރުޚާނާއަށް ވަރުގަދަ ޙަމަލާތަކެއް ދީފި