Sunday, 1 November 2026
Ads by

”އެމްޑީޕީގެ ސިޔާސަތަކީ ބޮވެންވާނެ، ނުބޮއެ ނުވާނެ، އެންމެން އަބަދަކު ހަމައިގަ ތިބޭކަށް ނުޖެހޭނެ“

”އެމްޑީޕީގެ ސިޔާސަތަކީ ބޮވެންވާނެ، ނުބޮއެ ނުވާނެ، އެންމެން އަބަދަކު ހަމައިގަ ތިބޭކަށް ނުޖެހޭނެ“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު---

އެމްޑީޕީގެ ސިޔާސަތަކީ ”ބޮވެންވާނެ“ ކަމަށް ދެކި އެ ތަކެތި ހުއްދަކުރުން ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ މަސްތުވާތަކެތީ އެންމެ ކުޑަ މިންވަރަކީ ވެސް ހަރާމް އެއްޗެއް ކަމުގައި ދެކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ad Image
Ads by

ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ރޭ ކުރިއަށްގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކާއި މި ސަރުކާރުގެ ސިޔާސަތުތައް އަޅާކިޔާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ކުރައްވާނެ މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކޮށްދެއްވުން ކަމަށެވެ.

އެގޮތުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބުދިނުމަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެކަން ގާނޫނަކަށް ހަދާފައިވާ ކަމަށެވެ.

”އަޅުގަނޑުމެން ބޭނުމީ ހަގީގީ މާނައިގަ މިކަން ހައްލުކުރަން، އެހެންނަމަވެސް ކުރިން އޮތީ އެހެނެއް ނޫންތޯ. ކުރީގެ އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ބޮވެންވާނެ، ނުބޮއެ ނުވާނެ، އެންމެން އަބަދަކު ހަމައިގަ ތިބޭކަށް ނުޖެހޭނެ. އެއީ އެމްޑީޕީގެ ސިޔާސަތު. އެކަމު އަޅުގަނޑުމެން ގަބޫލުކުރާ ހަމައަކީ ކުޑަ މިންވަރެއް ވެސް މަސްތުވާ އެއްޗެއް ވާނީ ހަރާމް އެއްޗަކަށޭ،“ – ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ދިމާވެފައިވާ ހާލަތަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާ އާއި ދީނީ ގޮތުން ދޭންޖެހޭ ފަތުވާތަކާއި އިރުޝާދުތައް ދެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
roads
މާލެއާއި ކާޑެއްދޫ އާންމުނޫން މިންވަރަަކަށް ހޫނުގަދަވެއްޖެ
download - 2026-10-31T214441
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ މަތީ އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނަގަން ނިންމައިފި
muhtho
ރަސްމާލޭގެ ބިން ހުޅުމާލެއާ އަޅައިކިޔައިގެން އަގު ކަނޑައެޅުމަކީ އިގްތިސާދީ ގޯހެއް: މުއްތަލިބު
Nadheed 25
އެމްޑީޕީގެ އަސާސްތައް ދޫކޮށް މުޅިން އާ ފިކުރެއް އިސްކުރާތީ ނަޝީދުގެ ކަންބޮޑުވުމެއް
Ads by
މަގުބޫލު
Nasheed 5652
އިސްލާމްދީނަށާއި ދީނީ ޝިއާރުތަކަށް ކުރީގެ ރައީސް ނަޝީދުގެ އަނެއްކާވެސް ފުރައްސާރަކޮށްފި
Bangladesh officer killed
ޙަސީނާ ފިއްލެވި ވީޑިއޯ އާންމުކުރި ކުރީގެ އެއާފޯސް އޮފިސަރު ކޯރެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނިއްޖެ
20261029_110025
ސަޢޫދީ ރަސްކަމުގެ އެންގުމަށް މަދީނާ ޔުނިވަރސިޓީއިން 100 ޢިލްމުވެރިއެއްގެ ފޮތްތައް މަނާކޮށް، ލައިބްރަރީތަކުން ނެރެން ފަށައިފި
salaf jamiyya
ސަލަފުގެ އިލްމުވެރިންނަށް މަރުގެ އިންޒާރުދީ، މީސްމީޑިއާގައި ބޮޑެތި ފުރައްސާރަތަކެއް ކުރަން ފަށައިފި