Wednesday, 17 June 2026
Ads by

މި މަހުގެ ނިޔަލަށް މަޖިލީހުގެ ފުރަތަމަ ދައުރު ދަންމާލަނީ

މި މަހުގެ ނިޔަލަށް މަޖިލީހުގެ ފުރަތަމަ ދައުރު ދަންމާލަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ދަންމާލުމަށް ފާސްކޮށްފިއެވެ.

Ad Image
Ads by

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުރު އިތުރުކުރަން ފާސްކޮށްފައިވަނީ، ޖަލްސާގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނާއި، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުއްރަޙްމާނާއެކު ޖުމުލަ 12 މެންބަރުންނެވެ.

ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ބަޔާންކޮށްފައިވާ ގޮތުގައި، މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވާނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ ފަނަރަ ވަނަ ދުވަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށް ހިނގާއިރު ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.

މަޖިލިސް ގަވާއިދު ބަޔާންކޮށްފައިވާ ގޮތުގައި، މި ތިން ދައުރުގެ ތެރެއިން، ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހުއެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވަންޖެހޭނީ އެ ދައުރުގެ ތެރޭގައި އަންނަ އެންމެފަހު ބުރާސްފަތި ދުވަހު ނުވަތަ ހޯމަ ދުވަހުއެވެ.

މަޖިލީހުގެ ގަވާއިދު މިގޮތަށް ކަނޑައަޅާފައި އޮތް ނަމަވެސް ދައުރު ދަންމާލުމުގެ ބާރު މަޖިލީހަށް ލިބިގެންވެއެވެ.

Ads by
މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް
Ads by
ފަހުގެ ޚަބަރު
muhtho
މޭޔަރު އާޒިމާއެކު ދެން މުއާމަލާތް ކުރާނީ ހަމައެކަނި ލިޔުމުން: މުއްތަލިބު
Customs building 2
ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ފޮށިތަކުގައި ފޮރުވައިގެން އެތެރެކުރި 1،000 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
masdhalhu mifco
މޭ މަހު ރާއްޖެއިން އެކްސްޕޯޓްކުރި ދަޅުމަހުގެ އަގު 38 މިލިއަން ރުފިޔާއަށް އަރައިފި
BML FVM
ފުވައްމުލަކު އެއާޕޯޓް ސަރަހައްދުގައި ބީއެމްއެލްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުވައިފި
Ads by
މަގުބޫލު
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި
IRan coach
މިއީ ވޯލްޑް ކަޕް ތާރީޚުގައިވެސް ޓީމަކަށް އެންމެ އިހާނެތިކޮށް ކަންތައް ކުރާ ފަހަރު: އިރާންގެ ކޯޗު
20260613_230023
ނުނިވޭނެ ނޫރު: މުޙައްމަދު ޢަލީގެ ވަރުގަދަ އިމްތިޙާނުން ހަނދުމަކޮށްދިން ޞަޙާބީންގެ މަތިވެރި ނަމޫނާ
zaya
އަހަރެން މިހުރީ ސިންގަލް ކޮށް، ބޭނުމީ "ކަޅު ދިގު" ފިރިހެނެއް: ޒާޔާ
20260614_010354
އިންޑިއާ ފަޅުވެރީން މަރާލި މައްސަލާގައި ޝަކުވާކުރުމުން އެމެރިކާއިން އިންޑިއާ ފުކަކަށް ހަދާލައިފި